ބަންގްލަދޭޝްއިން އަންސްކިލްޑް ލޭބަރުން ނުވަތަ ތަމްރީނު ލިބިފައި ނުވާ މަސައްކަތްތެރީން ރާއްޖެ ގެނައުން މިއަދުން ފެށިގެން އެއް އަހަރު ދުވަހަށް މަނާކޮށްފިއެވެ.
އިކޮނަމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، "އަޅުގަނޑުމެން ނިންމައިފިން ކޮންމެ ގައުމަކަށް ވެސް ލިމިޓެއް ކަނޑައެޅުމަށް. މި ލިމިޓް ކަނޑައެޅުމުގައި މި ބަލަނީ އަންސްކިލްޑް ލޭބާގެ ކެޓަގަރީއަށް. އެހެންވީމާ މިހާރު ކަންވެފައި އޮތް ގޮތުން ބަންގްލަދޭޝަށް އިތުރަށް މީހުން ވެއްދޭކަށް މިވަގުތު ނެތް،" ކަމަށެވެ.
އިކޮނަމިކް މިނިސްޓްރީން ކޮންމެ ގައުމަކަށް ވެސް ކަނޑައަޅާފައިވަނީ 150،000 ގެ ކޯޓާއެވެ. އެހެންކަމުން ބަންގްލަދޭޝްގެ މަސައްކަތްތެރިންގެ އަދަދު ހަމަވެފައި ވާތީ ދެން ގެނެވޭނީ އެހެން ގައުމުތަކުގެ މަސައްކަތްތެރިން ކަމަށްވެސް އިކޮނަމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިގޮތަށް ކަނޑައެޅި ނަމަވެސް ބަންގްލަދޭޝްގެ ޕްރޮފެޝަނަލް މަސައްކަތްތެރިން ގެނައުން މަނައެއް ނުވާނެއެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިނިންމުމުގެ ސަބަބުން ކުރިއަށް އޮތް ހަމަސް ދުވަހު އިގްތިސޯދަށް ކުރާ އަސަރު ބެލުމަށް ފަހު، ނޭދެވޭ އަސަރެއް ކުރާ ނަމަ، ނިންމުން މުރާޖައާ ކުރާނެ ކަމަށެވެ.
މިނިންމުން ނިންމާފައި ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ އެކުލަވާލެއްވި ޓާސްކް ފޯހުންނެވެ.
އަދި މިވަގުތަށް. އެ ކޯޓާ އޮތީ ހަމަވެފައި،" ފައްޔާޒު ވިދާޅުވި އެވެ.
މި މިންގަނޑަށް ބެލުމުން ބަންގްލާދޭޝްގެ ކޯޓާ މިހާރު ހަމަވެފައިވާ ކަމަށެވެ.