ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ފުރަތަމަ ޕޭޝަންޓް ސޭފްޓީ ދުވަސް ރާއްޖޭގަ ފާހަގަކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ފުރަތަމަ ޕޭޝަންޓް ސޭފްޓީ ދުވަސް ރާއްޖޭގަ ފާހަގަކޮށްފި

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ފުރަތަމަ ޕޭޝަންޓް ސޭފްޓީ ދުވަސް ރާއްޖޭގައި ފާހަގަކޮށްފިއެވެ.

"ވޯރލްޑް ޕޭޝަންޓް ސޭފްޓީ" ދުވަހުގެ ގޮތުގައި ފާހަގަކުރެވޭ ދުވަހަކީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހެވެ. މިދުވަސް ރާއްޖޭގައި ފާހަގަކުރެވެމުންދާއިރު، ނޭޝަނަލް ޕޭޝަންޓް ސޭފްޓީ ފްރޭމްވޯރކް މިއަދުވަނީ ލޯންޗު ކޮސްފައެވެ.

ޑަބްލިޔޫއެޗްއޯގެ އެހީތެރިކަމާއިއެކު ތައްޔާރުކުރި މިފްރޭމްވޯރކް ލޯންޗުކޮށްދެއްވީ ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން އެވެ.

މިފްރޭމްވޯރކް އެކުލަވާލުމުގެ މަޤްސަދަކީ މުޅި ޞިއްޙީ ދާއިރާގެ ހިއްސާއާއިއެކު ރައްކާތެރި ޞިއްޙީ ޚިދްމަތެއް ޤާއިމް ކުރުމެވެ. މިފްރޭމްވޯރކްގައި ބައިނަލްއަޤްވާމީ ގޮތުން އަމަލުކުރާ އެންމެ ރަނގަޅު ގޮތްތައް ހިމެނިފައިވުމުން ރަނގަޅު ޚިދްމަތެއް ފޯރުކޮށް ދިނުމަށްޓަކައި ޞިއްޙީ ޚިދްމަތްތެރިންނަށް އެކިކަންކަން ދަސްކުރުމަށާއި އަދި ޚިދްމަތްތައް ރަނގަޅު ކުރުމަށް މަގުފަހިކޮށްދެވޭއިރު މިކަންކަން ހާސިލް ކުރުމަށް ބޭނުންވާފަދަ ހުޅުވިފައިވާ މާހައުލެއް އުފެއްދުމަށް އެހީތެރިވެދެއެވެ.

ޕޭޝަންޓް ސޭފްޓީ ފްރޭމްވޯރކްއިން ރައްކާތެރި ސިއްޙީ ޚިދްމަތް ދިނުމަށްޓަކައި ބޭނުންވާ ސްޓޭންޑަޑްތަކާއި އެހީތެރިކަން ފޯރުކޮށްދޭއިރު މިއީ ނޭޝަނަލް، ސަބް ނޭޝަނަލް އަދި ސަރުކާރު އަދި ޕްރައިވެޓް ޞިއްޙީ ޚިދްމަތްދޭ ތަންތަނުގައާއި އަދި ޤައުމީ ފެންވަރުގައި އެކުލަވާލެވިފައިވާ ސްކީމްތަކާއި އަދި ޕްރޮގްރާމްތަކުގައި ބޭނުންކުރެވޭނެ މަޢުލޫމާތެވެ. މީގެ އިތުރުން ޞިއްޙީ ދާއިރާގެ ބޭރުން ސަރުކާރާއި-ޕްރައިވެޓް ދާއިރާގެ އިތުރުން ޤައުމީ އަދި ބައިނަލްއަޤްވާމީ ސްޓޭކް ހޯލްޑަރުންނާއިއެކު އޮންނަންޖެހޭ ގުޅުމުގެ މައްޗަށްވެސް ބަލައިލެވިފައިވާނެކަމަސް ހެލްތް މިނިސްޓްރތީން ބުނެއެވެ.  

މިއަދު އޮންލައިން