ހަޔާތުގެ ބައިވެރިޔާއަށް އެންމެ ކުށެއް ކުރެވުމުން ވަރިއާއި ދިމާއަށް ފުންމައިގަންނައިރު ތިމާއަށް ދުވާލަކު ކިތައް ފާފަ ކުރެވޭ ހެއްޔެވެ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ހަޔާތުގެ ބައިވެރިޔާއަށް އެންމެ ކުށެއް ކުރެވުމުން ވަރިއާއި ދިމާއަށް ފުންމައިގަންނައިރު ތިމާއަށް ދުވާލަކު ކިތައް ފާފަ ކުރެވޭ ހެއްޔެވެ؟: މުފްތީ މެންކް

ހަޔާތުގެ ބައިވެރިޔާއަށް ކުށެއް ކުރެވިއްޖެ ނަމަ ގިނަ ފަހަރު އަވަސްވެގަންނަނީ ވަރިކުރުމަށެވެ. ނުވަތަ ވަރިއަށް އެދުމަށެވެ. ވަރީގެ ލިޔުންތައް ކޯޓަށް ހުށަހެޅުމަށެވެ. އެގޮތަށް އެކަން ނިންމާއިރު ތިމާއަށް ދުވާލަކު 100 އަށްވުރެ ގިނަ ފާފަ ކުރެވޭ ކަމާއިމެދުގައި ވިސްނައެއް ނުލައެވެ. 

މީސްތަކުންނޭވެ! ބައިވެރިޔާއަށް ކުށެއް ކުރެވޭ އިރަށް ކުރަން އޮތް ކަމަކީ ވަރިކުރުމެއް ނޫނެވެ. އަދި ވަރިއަށް އެދުމެއްވެސް ނޫނެވެ! ތަނެއްގައި ހަމަޖެހިލައިގެން ދެމީހުން އިށީންނާށެވެ! ފެންފޮދެއް ބޮއިލާށެވެ! ފަންކާ ނުވަތަ އެއާކޯންގެ އެހީގައި ނުވަތަ ޤުދްރަތީ ވައިން ނަމަވެސް ހަށިގަނޑަށް ފިނިކަން ލިބިގަންނާށެވެ! އުދާސްތައް ފިލުވާލައި ފިނިކަން ލިބި ހަމަޖެހުމުން ކޮންމެ މީހަކުވެސް އެމީހަކަށް ކުރެވިފައިވާ ފާފަތަކާއި ކުއްތަކާއިމެދު ފުންކޮށް ވިސްނައިލާށެވެ! 

ބައެއް ފަހަރު އަނބިމިހާއަށްވެސް ކުށެއް ކުރެވިދާނެއެވެ. އަދި ފިރިމީހާއަށްވެސް ކުށެއް ކުރެވިދާނެއެވެ. އަދި އެ ކުށް އެކުރެވުނީ ދެމަފިރިން ކުރެ ކޮންމެ މީހެއްގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. އަދި ދެމީހުންގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ! ވީމާ އެފަދަ ކަމެއް މެދުވެރިވި ސަބަބު ދެނެގަންނާށެވެ! 

އެއަށްފަހު ފުރަތަމަ ކަމެއްގެ ގޮތުން ދެމަފިރިންވެސް ތައުބާވާށެވެ! އެހެނީ ފަޅާއެރީ އެކަކަށް ކުރެވުނު ކުށް ކަމުގައިވީނަމަވެސް ވަރަށް ގިނަ ފަހަރު ދެމަފިރިންނަށް ވެސް ހުންނާނީ ބައިވަރު ކުށްތައް ކުރެވިފައެވެ. ވީމާ ދެމަފިރިންވެސް އެކަކު އަނެކަކަށް މާފުކުރާށެވެ! މުޅިން އައު ހިތްވަރަކާއި ޢަޒުމާއިއެކު ދިރިއުޅުން އިތުރަށް ހަރުދަނާ ކުރާށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން