"މޫނު ބުރުގާ އެޅުމަކީ އިސްލާމް ދީނުގައި ސުންނަތެކެވެ. ދީނުގެ ގިނަ ޢިލްމުވެރިން ވިދާޅުވަނީ މޫނު ބުރުގާ އެޅުމަކީ ވާޖިބް ކަމެއް ކަމެއް ކަމަށެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ އެއީ ސުންނަތެއް ކަމަށެވެ. "މިއީ ދީނުގެ މައްސަލައެއް! ކަނޑައެޅިގެން ޤުރްއާނާ ޙަދީޘުން ސާބިތުވާ މައްސަލައެއް! މިފަދަ ކަމަކާ ދެކޮޅަށް މަސައްކަތްކުރުންތޯ އިސްލާމީ ވެރިއެއްގެ ވާޖިބަކީ؟
ނަމަވެސް އެޓާނީ ޖެނެރަލްގެ އޮފީހުގައި މިހާރު އެންމެ ގަދައަށް ދެކެވެމުން އަންނަ ވާހަކައަކީ މޫނު ބުރުގާ އަޅާ އަންހެނުން ބަންދުކޮށް ކޯޓަށް ފޮނުވުމުގެ ވާހަކައެވެ. "މިއަށް ކިޔަނީ އިސްލާމުންތޯ؟"
މިއީ ރައީސް މައުމޫނުގެ ވެރިކަމުގައި ހެދި މޫނުބުރުގާ އެޅުން މަނާ ކުރުމުގެ ޤަވާޢިދު ކުށްވެރި ކުރައްވައި އަލްއުސްތާޛް ޙުސައިން ރަޝީދު އަޙްމަދު ދައްކަވާފައިވާ ވާހަކަފުޅެކެވެ.
ދީނީ ޢިލްމުވެރިންގެ މިފަދަ ބަސްފުޅުތަކުން އެނގެނީ އެބޭފުޅުންނަކީ ވަކި ބޭފުޅެއްގެ ވެރިކަމަށް ނުބައްލަވައި އެއިރެއްގައި ސަރުކާރުން ކުރަމުން ގެންދާ އިސްލާމް ދީނާއި ޚިލާފް ކަންކަމަށް ޙައްޤު ބަސް ވިދާޅުވި ބޭފުޅުންކަމެވެ. ވީމާ ރާއްޖޭގައި އިސްލާމް ދީނުގެ ޙުކުމްތައް ތަންފީޒު ނުވެގެން މިއުޅެނީ ދިނީ ޢިލްމުވެރިން ޙައްޤު ބަސް ވިދާޅު ނުވާތީ ނޫންކަން އެއީ ޤަބޫލުކުރަން ޖެހޭ ޙަޤީޤަތެކެވެ.
ރާއްޖޭގައި ކުރަމުން ގެންދާ އިސްލާމް ދީނާއި ޚިލާފް ބައެއް ކަންކަމަށް ދީނުގެ ޢިލްމުވެރިން ބަސްފުޅު ވިދާޅުނުވާކަމަށް ބުނެ ބައެއް ފަރާތްތަކުން ޞައްހަ ނޫން މައުލޫމާތު ފަތުރަމުން ގެންދާތީ އެ ފަރާތްތަކަށް ޙަޤީޤަތް އޮޅުންފިލުވައި ދިނުމުގެ ގޮތުން ޝައިޚް ޢަލީ ޒައިދުގެ ބައެއް ބަސުޅުތައް މިއަދު ވާނީ ގެނެސް ދެވިފައެވެ. އިތުރު ޢިލްމުވެރިންގެ ބަސްފުޅުތައްވެސް ގެނެސްދެމުން ގެންދާނަމެވެ. އިން ޝާ ﷲ!
- އަލްއުސްތާޛް ޙުސައިން ރަޝީދު އަޙްމަދުގެ ވާހަކަފުޅު- (ވީޑިއޯ):