ދީނުގެ ޙުކުމްތަކަށް ގޮންޖަހާ ޤައުމުގެ މަޞްލަޙަތު ނަގާލުމުގެ އެންމެ އަޑީގަ ހުރީ ވެރިކަމުގެ ދަހިވެތިކަމުގައި އުޅޭ އަނދިރިބާރެއް: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ދީނުގެ ޙުކުމްތަކަށް ގޮންޖަހާ ޤައުމުގެ މަޞްލަޙަތު ނަގާލުމުގެ އެންމެ އަޑީގަ ހުރީ ވެރިކަމުގެ ދަހިވެތިކަމުގައި އުޅޭ އަނދިރިބާރެއް: ޝައިޚް ޢަލީ ޒައިދު

ތަކުރާރުކޮށް އިސްލާމް ދީނާއި ޚިލާފް ވާހަކަ ދައްކައި، ދީނުގެ ބައެއް ފުރިހަމަ ޙުކުމްތަކަށް ގޮންޖަހައި ޤައުމުގެ މަޞްލަޙަތު ނަގާލުމުގެ އެންމެ އަޑީގައި ހުރީ ވެރިކަމުގެ ދަހިވެތިކަމުގައި އުޅޭ އަނދިރިބާރެއް ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.  

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ވެރިކަމަކީ ﷲ ތަޢާލާ ދެއްވަވާ އެއްޗެއް ކަމަށާއި މި 5 އަހަރަށް ރައްޔިތުންގެ އެމީހުންގެ ވެރިކަމަށް ހޮވާފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ހިތްތަކުގައި (ވެރިކަމާއިމެދު) ނަފްރަތު އުފެއްދުން ހުއްޓައިލަން ވެއްޖެކަމަށެވެ.

"ތަކުރާރުކޮށް ދީނާ ޚިލާފް ވާހަކަ ދައްކައި، ދީނުގެ ބައެއް ފުރިހަމަ ޙުކުމްތަކަށް ގޮންޖަހައި ޤައުމުގެ މަޞްލަޙަތު ނަގާލުމުގެ އެންމެ އަޑީގައި ހުރީ ވެރިކަމުގެ ދަހިވެތިކަމުގައި އުޅޭ އަނދިރިބާރެކެވެ! ވެރިކަމަކީ ﷲ ދެއްވަވާ އެއްޗެކެވެ. ރައްޔިތުން ހޮވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ. ނަފްރަތު އުފެއްދުން ހުއްޓާލަން ވެއްޖެއެވެ!" 

"ބާޠިލް ވާހަކަ ދައްކައި މުޖުތަމައުތެރޭ ފިތުނަ އުފައްދަން އުޅުމާ، "ތިއަ ދައްކަނީ ބާޠިލް ވާހަކައޭ! ތިކަން ހުއްޓާލާށޭ!" ބުނި މީހާ ގޯސް ވީ.  ބާޠިލް ވާހަކަ ދެއްކި މީހާ އޯކޭ. ބައެއް މީހުން ކަނު ލޯބީގަ ޖެހިގެން ބާޠިލް ވާހަކަ ވީ ހުދުކާފޫރަށް!" 

"ކަނު ލޯބީގެ މުޞީބާތުން އަޅަމެން ސަލާމަތް ކުރައްވާނދޭވެ!" އާމީން

- ޝައިޚް ޢަލީ ޒައިދު

 

މިއަދު އޮންލައިން