ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފޭރިގެންފައިވާ އަދި މިހާރުވެސް ފޭރެމުން ގެންދާ ފަލަސްޠީން ރައްޔިތުންގެ ހައްޤުތައް އަނބުރައި ފަލަސްޠީނުގެ ރައްޔިތުންނަށް ލިބެންދެން ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައި ހުރިހާ ބައްދަލުވުންތަކުގައި ރާއްޖެއިން އަޑު އުފުލާނެ ކަމަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޖިއްދާގައި ބޭއްވި އޯއައިސީ ސަމިޓުގައި ޝާހިދު ވިދާޅުވީ އދގެ ޖަލްސާތަކުގައިވެސް ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން އަޑު އުފުލާނެ ކަމަށާއި އަދި ވޯޓު ދޭނީވެސް ފަލަސްޠީނުގެ ޙައްޤުގައި ކަމަށެވެ.
ފަލަސްޠީނުގެ މައްސަލަ ހައްލު ނުކުރެވިގެން އުޅޭ އެންމެ ބޮޑު އެއް ސަބަބަކީ ސައުދި ޢަބިޔާ، މިޞުރު، ޔޫއޭއީ ފގަދަ ޤަމުތައް އެމެރިކާއަށް ވިކި އަޅުވެތިވެފައި ތިބުން ކަމަށް ދިރާށސާ ކުރާ ފަރާތްތަކުން ގެންދަނީ ހާމަކުރަމުންނެވެ.