މުސްލިމުން ބަލަންޖެހޭނީ ދީނުގަ އޮންނަގޮތް ކަމަށް ބުނުމުން ފިތުނަ އުފެދޭކަމަށް ބުނާނަމަ ނުއުފެދޭނެ ގޮތަށް ބުނަންވީ ގޮތް ބުނެދޭންވީނު؟

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 56ސ
މުސްލިމުން ބަލަންޖެހޭނީ ދީނުގަ އޮންނަގޮތް ކަމަށް ބުނުމުން ފިތުނަ އުފެދޭކަމަށް ބުނާނަމަ ނުއުފެދޭނެ ގޮތަށް ބުނަންވީ ގޮތް ބުނެދޭންވީނު؟

"މުސްލިމުން ބަލަންޖެހޭނީ ދީނުގައި އޮންނަގޮތްކަމަށް ބުނުމަކީ ފިތުނަ އުފެއްދުންކަމަށް ވާނަމަ، އިސްލާމް ދީނުގެ ޙުކުމްތަކަށް ގޮންޖަހާ ވާހަކަ ދެއްކުމަކީ ކޮންކަހަލަ ކަމެއްތޯ؟ ޤައުމު ތަރައްޤީކުރުމަކީއެއީތޯ؟ ތިމާއަށްބުނެވޭ އެއްޗަކާމެދު ވިސްނާލުން ބުއްދިވެރި."

ޝައިޚް އިލްޔާސް ޙުސައިން

 

ކޮންމެ ކަމެއްގައި ވެސް މުސްލިމުން ބަލަން ޖެހޭނީ ދީނުގައި އެކަން އޮތް ގޮތެވެ. ފުރަތަމަ ކީރިތި ޤުރްއާނަށެވެ. ދެވަނަ އަށް ރަސޫލް (ޞޢވ)ގެ ސުންނަތަށެވެ. ދަންނަ ބޭކަލުންގެ އިޖުމާޢުއަށް ދިއުން އޮތީ ކީރިތި ޤުރްއާނާއި ސުންނަތުން ނުފެނިއްޖެ ނަމައެވެ. އެ ހާލަތުގައި ދަންނަ ބޭކަލުންގެ އިޖުމާޢުއަށް ދިއުމަކީ ވެސް ދީނުގައި އޮތް ގޮތެވެ. 

އެހެންކަމުން "މުސްލިމުން ބަލަންޖެހޭނީ ދީނުގައި އޮންނަގޮތްކަމަށް ބުނުމަކީ ފިތުނަ އުފެއްދުން" ކަމަށް ހަދާނަމަ ފިތުނަ ނުއުފެދި މައްސަލަ ޙައްލުކުރެވޭނެ ގޮތް ބުނެދޭން ޖެހޭނެއެވެ. ނަމަވެސް ޤުރްއާނާއި ޝައިޚުން "ނޫން ޙައްލެއް" ބޭނުންވާ ބައަކު އުޅުނު ނަމަވެސް އެއްވެސް މުސްލިމަކު އެކަން ބަލައެއް ނުގަންނާނެއެވެ.

މިއަދު އޮންލައިން