ޤައުމިއްޔަތު ދިރުވުމަކީ އިބުނު ބަޠޫޠާ ފަނޑިޔާރުކަން ކުރެއްވި ޒަމާނުގަ އަންހެނުން ހެދުން ލައި އުޅުނު ގޮތަށް ހެދުން ލުމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ޤައުމިއްޔަތު ދިރުވުމަކީ އިބުނު ބަޠޫޠާ ފަނޑިޔާރުކަން ކުރެއްވި ޒަމާނުގަ އަންހެނުން ހެދުން ލައި އުޅުނު ގޮތަށް ހެދުން ލުމެއް ނޫން!

އިބުނު ބަޠޫޠާގެ ލިޔުއްވުންތަކުން އެނގޭ ގޮތުގައި އޭނާ ރާއްޖޭގެ ފަނޑިޔާރުކަން ކުރެއްވި ދުވަސްވަރު ހެދިބޮޑޫވެފައި ތިބޭ އަންހެން ކުދިން ތިބެނީ ހަމަ އެކަނި ކަނޑިކި ބުރިއެއް އަނދެގެންނެވެ. އުނގަނޑުން މަތި އޮންނަނީ ހާމައަށެވެ.

އެ ޒަމާނުގައި އެފަދަ ގޮތަކަށް ދިވެހި އަންހެނުން ހެދުން އަޅައި އުޅުނު ނަމަވެސް އެއީ ދިވެހިންގެ ޤައުމިއްޔަތު ނޫންކަން ފާހަގަކުރައްވައި ޝައިޚް ޢަލީ ޒައިދު ވިދާޅުވީ "ދިވެހި ޤައުމިއްޔަތު އެއްލައިލިކަމަށްވާނީ، އިސްލާމް ދީނުގެ އަލީގައި އަޢުރަ ނިވާ ނުކުރުމުން" ކަމަށެވެ.

މީގެ އިތުރުން "ކޯޓު ފަޓުލޫނާއި ޓައީ، (އަންހެނުން) ކުރު ސޯޓުބުރިއާއި ކޮނޑުކެނޑި ޓީޝާޓް ބުރި އާއި ކިއްލި ގޮށި ކަހަލަ ޓައިޓް (ޔަޢްނީ ހުޅަނގުގެ ހެދުން މިއީ ދިވެހިންގެ ޤައުމިއްޔަތު އާލާކޮށް ދިރުވުން ކަމަށް" ބައަކު މިއަދު ހަދައިގެން އުޅޭކަންވެސް ޝައިޚް ޢަލީ ޒައިދު ވަނީ ފާހަގަކުރައްވައިފައެވެ.

އިސްލާމް ދީނަށް ލޯބިކުރާ ދިވެހި އަންހެނުން ވަނީ އެކަނބަލުންނަށް އިސްލާމް ދީން އޮޅުން ފިލިވަރަކުން ހެދުން އެޅުން އިޞްލާޙްކޮށްފައެވެ.

މިއަދު އޮންލައިން