ލަންކާ އާއި ބަންގްލަދޭޝްގެ އެމްބަސީ ހުޅުމާލޭގައި އަޅަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
ލަންކާ އާއި ބަންގްލަދޭޝްގެ އެމްބަސީ ހުޅުމާލޭގައި އަޅަނީ!

ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމްކުރާ ޑިޕްލޮމެޓިކް އެންކްލޭވް ސަރަހައްދުން ބަންގްލަދޭޝް އަދި ސްރީލަންކާގެ އެމްބަސީ އެޅުމަށް ބިން ދޫކޮށްފިއެވެ.

ޑިޕްލޮމެޓިކް އެންކްލޭވްއެއްގެ ގޮތުގައި ވަކި ސަރަހައްދެއް ކަނޑައަޅައި، ރާއްޖޭގައި ޤާއިމްކޮށްފައިވާ ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތައް އެސަރަހައްދުގައި ޤާއިމްކުރުމަށް ނިންމާފައިވަނީ އެހެން ގިނަ ޤައުމުތަކެއްގައިވެސް އެކަން ކުރާ އުޞޫލުން، އެމްބަސީތަކަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ފަސޭހަޔަކަށް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މާލޭއަކީ މިހާރުވެސް ވަރަށް ބޮޑަށް ތޮއްޖެހިފައިވާ ތަނަކަށްވުމާއިއެކު، ޑިޕްލޮމެޓިކް އެންކްލޭވް ޤާއިމްކުރެވެނީ ރާއްޖޭގައި ކުރިއަށް އޮތްތަނުގައިވެސް ގިނަ ޤައުމުތަކެއްގެ ޑިޕްލޮމެޓިކް މިޝަންތައް ހުޅުވޭއިރު، ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވާނެތީ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

 

މިއަދު އޮންލައިން