މަތީ ތައުލީމަށް ސަރުކާރުން ދޭ ފުރުސަތުގެ ބޭނުން ނުހިފައި ދޫކޮށްލާ ދަރިވަރުންނާ މެދު ފިޔަވަޅު އަޅަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 58ސ
މަތީ ތައުލީމަށް ސަރުކާރުން ދޭ ފުރުސަތުގެ ބޭނުން ނުހިފައި ދޫކޮށްލާ ދަރިވަރުންނާ މެދު ފިޔަވަޅު އަޅަނީ!

ދިވެހި ސަރުކާރުން ދޭ މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ލިބޭ ދަރިވަރުންގެ ތެރެއިން މަގްބޫލު އުޒުރެއް ނެތި އެފުރުސަތުގެ ބޭނުން ނުހިފާ ދޫކޮށްލާ ދަރިވަރުންނާމެދު ފިޔަވަޅު އަޅާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމުކުރި އުސޫލު ގައިވާގޮތުން މިފަދަ ފުރުސަތުތަކުގެ ބޭނުން ނުހިފާ ދޫކޮށްލާ ދަރިވަރުންނަށް ފިޔަވަޅު އޭޅުމުގެ ގޮތުން ވަކި މުއްދަތެއް ވަންދެން ފުރުސަތުތަކުން މަހްރޫމް ކުރުމާއި، ފައިސާ ދައްކަން އެންގޭނެކަމަށާއި އަދި މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް ލިބޭ ފުރުސަތުގައި ސަރުކާރުން ނުވަތަ ބައިލެޓްރަލް އެހީގެ ދަށުން އެއްވެސް ހަރަދެއް ކޮށްފައިވާނަމަ، އެ ހަރަދެއް ވެސް އަނބުރާ ދައްކަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

އެހެންނަމަވެސް ސަރުކާރުން އެއްވެސް ހަރަދެއްކޮށްފައިވަނިކޮށް މަގްބޫލު އުޒުރަކާއިއެކު ލިޔުމުން ހުއްދަ ހޯދުމަށްފަހު ފުރުސަތު ދޫކޮށްލާ ދަރިވަރުންނަށް އެއްވެސް ފިޔަވަޅެއް ނާޅާނެއެވެ.

އުސޫލުގެ މަގުސަދަކީ، މިނިސްޓްރީން އިއުލާނުކުރާ މަތީ ތައުލީމުގެ ފުރުސަތުތައް ލިބޭ ދަރިވަރުން އެފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފުމަށް ބާރުއެޅުން ކަމަށް ވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން