ރައީސް ގެ ދަތުރުފުޅު ފަހު މާލެ ވަޑައިގެންފިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު އުތުރުބުރީ ދެރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެވަޑައިގެންފިއެވެ.
ރައީސްގެ މިދަތުރުފުޅުގައި އިއްޔެ ފުރަތަމަ ވަޑައިގެންނެވީ ރ. މީދޫއަށެވެ. އެރަށަށް ވަޑައިގެން ރައީސް ވަނީ މީދޫ ކައުންސިލާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީގެ ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.
މީދޫއަށްފަހު ދެން ރައީސް ވަޑައިގެންނެވީ ރ. އަލިފުށްޓަށެވެ. އަލިފުށްޓަށް ވަޑައިގެން އެރަށުގެ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީގެ ކަންކަމާ ގުޅޭގޮތުން އެމަނިކުފާނު ވަނީ މަޝްވަރާކުރައްވައިފައެވެ. އަދި ހަމަ އެރަށުގައި ރައީސް އިއްޔެ ވަނީ ރ. އަތޮޅުގެ އަތޮޅު ކައުންސިލަރުންނާވެސް ބައްދަލުކުރައްވައި އަތޮޅުގެ ތަރައްޤީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. ރައީސްގެ މި ދަތުރުފުޅުގައި އަލިފުށީ ސްކޫލަށް 50 އަހަރު ފުރުނު ރަންޔޫބީލް މުނާސަބާ ފާހަގަކުރުމަށް ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދެއްކެވިއެވެ.