އދ. ގައި ދިވެހި ބަހުން ރައީސް ތަގުރީރު ކުރެއްވުމަށް ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ އެދިވަޑައިގެންފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
އދ. ގައި ދިވެހި ބަހުން ރައީސް ތަގުރީރު ކުރެއްވުމަށް ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ އެދިވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އދ. ގެ އާއްމު މަޖިލީހުގައި ދިވެހި ބަހުން ތަގުރީރު ކުރެއްވުމަށް ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ އެދިވަޑައިގެންފިއެވެ. 

އަޝްރަފް މިކަމަށް އެދިވަޑައިގެންފައިވަނީ އިއްޔެ ކުރެއްވި ޓްވީޓެއްގައެވެ. އަޝްރަފް ވިދާޅުވެފައިވަނީ އދ.ގެ މަޖިލީހުގައި ރައީސް ސޯލިހު ދިިވެހި ބަހުން ތަގުރީރު ކުރެއްވުން ވާނީ ދިވެހި ގައުމިއްޔަތުގެ ޝަރަފާއި ގަދަރާއި ހައިބަތު އުފުލޭނޭ ކަމަކަށް ކަމަށާއި "ލޮބުވެތި ރައީސް! ދިވެހީންނަށް ޓަކައި ދިވެހީންގެ އަޑު ދިވެހީންގެ ބަހުން އުފުއްލަވައި ދެއްވުމަށެވެ. 

ރާއްޖޭގެ ރައީސަކު އދ ގައި ތަގުރީރު ނުކުރައްވާތާ ހަ އަހަރުގެ މެދުކެނޑުމަކަށްފަހު މި މަހުގެ 17 އިން 30 އަށް އެމެރިކާގެ ނިއު ޔޯކުގައި އޮންނަ އދ. ގެ އާއްމު މަޖިލީހުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަގްރީރު ކުރައްވަން ވަނީ ނިންމަވައިފައެވެ.

 ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ވެސް އދ. ގައި ތަގުރީރު ކުރެއްވުމަށް ވަޑައިގެންފައެއް ނުވެއެވެ.

 

މިއަދު އޮންލައިން