"މުސްލިމުންނޭވެ! ދޮގު ހެދުމާއި ދުރުހެލިވާށެވެ! ފަހެ ދޮގު ހެދުމަކީ މުނާފިޤުންގެ ސިފައެކެވެ.! ދޮގު ހެދުމަކީ ސިއްކަ ޖެއްސެވޭ ކަމެކެވެ!"
- ޝައިޚް ޢަލީ ޒައިދު
"ދޮގު ހެދުމަކީ ސިއްކަ ޖެއްސެވޭ ކަމެކެވެ." މި ބަސްފުޅުގެ ތަފްޞީލް ދެއްވަމުން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ދޮގު ހަދަމުން ގެންދާނަމަ އެމީހަކީ ދޮގުހަދާ ދޮގު ވެރިއެއް ކަމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ލިޔުއްވެވޭނެ ކަމަށެވެ. އަދި ދޮގު ވެރިއެއް ކަމަށް ސިއްކަ ޖެހުމަކީ އެއީ ކަމަށެވެ.
މިހާރަކަށް އައިސް ރާއްޖޭގައި އެންމެ މަތީފެންވަރުގައި އެންމެ ގިނަ ދޮގުތައް ހަދަމުން ގެންދަނީ އިސްލާމް ދީނަށް ޢަމަލުކުރާ މީހުން ފަޟީޙަތްކޮށް އެމީހުންގެ ބޮލުގައި އެމީހުންނާއި އެއްވެސް ގުޅުމެއް ނުހުންނަ ކަންކަން އެޅުވުމަށްކަން ގިނަ ބައަކު ފާހަގަކުރަމުން ގެންދާއިރު އެމްޑީޕީ ޤައުމީ މަޖިލީހުގައި ރައީސް ނަޝީދު ރޭ ދެއްކެވި ވާހަކަފުޅު ދިވެހި ސިފައިންނާއި ދިވެހި ފުލުހުން މިއަދު ވަނީ ދޮގުކޮށްފައެވެ.