ރައީސްގެ އަނބިކަނބަލުން "ތިބާ ސައިކޮލޮޖީ" ކުލިނިކު ހުޅުއްވައިދެއްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
ރައީސްގެ އަނބިކަނބަލުން "ތިބާ ސައިކޮލޮޖީ" ކުލިނިކު ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު "ތިބާ ސައިކޮލޮޖީ" ކުލިނިކް ރަސްމީގޮތުން މިރޭ ހުޅުއްވައިދެއްވައިފިއެވެ. މާފަންނު ފްލެމިންގޯ ގޭގައި މިރޭ ރަސްމީކޮށް ހުޅުވި މި ކްލިނިކަކީ ނަފްސާނީ ބަލިތަކަށް ފަރުވާދިނުމަށް ޚާއްޞަކުރެވިގެން ހުޅުވި ކުލިނިކެކެވެ.


މި ކްލިނިކު ރަސްމީގޮތުން ހުޅުއްވައިދެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި ފަޒްނާ އަޙްމަދު ވަނީ ނަފްސާނީ ބަލިތަކާ ގުޅޭ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ނަފްސާނީ ބަލިތައް ތަޙައްމަލުކުރާ ފަރާތްތަކަށް ފަރުވާދިނުމަށް ހަރަކާތްތެރިވާ ފަރާތްތައް އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި އެއީ އުފާކުރައްވާ ކުރިއެރުމެއްކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.


މިރޭގެ މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މި ކްލިނިކު އިފްތިތާޙްކޮށްދެއްވުމުގެ އިތުރުން ކުލިނިކުގެ ވެބްސައިޓުވެސް އިފްތިތާޙް ކޮށްދެއްވާފައެވެ. އަދި އެކަމަނާ ވަނީ ކްލިނިކުގައި ފަރުވާދިނުމަށް ޤާއިމުކޮށްފައިވާ ތަންތަން ބައްލަވާލައްވާފައެވެ.

މިއަދު އޮންލައިން