ލައިފްޖެކެޓު އަޅައިގެން ދަތުރުކުރުމަކީ މަޖުބޫރު ކަމަކަށް ހެދުމާމެދު ގޮތެއް ނިންމަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
ލައިފްޖެކެޓު އަޅައިގެން ދަތުރުކުރުމަކީ މަޖުބޫރު ކަމަކަށް ހެދުމާމެދު ގޮތެއް ނިންމަނީ!

ކަނދު އުޅަނދުފަހަރުގައި ފަސިންޖަރުން އުފުލާއިރު ލައިފްޖެކެޓު އަޅައިގެން ދަތުރުކުރުމަކީ މަޖުބޫރު ކަމަކަށް ހެދުމާމެދު ދެ ހަފްތާ ތެރޭ ގޮތެއް ނިންމާނެކަމަށް ޓްރާންސްޕޯޓު މިނިސްޓްރީއިން ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި "ނުވަގަޑި" ޕްރޮގްރާމުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވީ ކުރިއަށް އޮތް ދެ ހަފްތާ ތެރޭ ލައިފްޖެކެޓާ ގުޅޭގޮތުން ގޮތެއް ނިންމޭތޯ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރަމުންދާކަމަށާއި ފަސިންޖަރުން އުފުލާއިރު ލައިފްޖެކެޓު އަޅައިގެން ދަތުރުކުރުމަކީ މަޖުބޫރު ކަމެއްތޯ ކަނޑައެޅުމަށް ހާއްސަގޮތެއްގައި ކޯސްޓްގާޑު، މެރިން ޕޮލިސް އަދި މެރިޓައިމް ސެކްޝަނާއެކު.ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ. 

މިކަމާގުޅޭގޮތުން ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ ދަތުރުކުރާއިރު އަންހެނުންނާއި ކުޑަކުދިން ލައިފްޖެކެޓު އެޅުވުމަކީ ލާޒިމް ކަމެއްކަމަށް ހަދަންޖެހޭ ކަމަށެވެ.

މިއަދު އޮންލައިން