ޤައުމީ ޤްރުއާން މުބާރާތުގެ އަންނަ އަހަރުގެ މުޤައްރިރަކީވެސް މިއަހަރުގެ މުޤައްރިރު!: އިސްލާމިކް މިނިސްޓަރ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ޤައުމީ ޤްރުއާން މުބާރާތުގެ އަންނަ އަހަރުގެ މުޤައްރިރަކީވެސް މިއަހަރުގެ މުޤައްރިރު!: އިސްލާމިކް މިނިސްޓަރ

އަންނަ އަހަރު ބާއްވާ ކީރިތި ޤްރުއާން ކިޔެވުމުގެ 34 ވަނަ މުބާރާތުގެ މުޤައްރިރަކީވެސް މިއަހަރުގެ މުބާބާރާތުގެ މުޤައްރިރު ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ އިޢުލާނު ކުރައްވައިފިއެވެ. 

ކީރިތި ޤްރުއާން ކިޔެވުމުގެ 33 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފައުޅުކުރުމަށް އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ޑރ. ޒާހިރު ވިދާޅުވީ އަންނަ އަހަރު މާލޭގައި ކުރިއަށް ގެންދެވޭނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބާއްވާ މުބާރާތްތަކުން ހޮވައިލެވޭ ދަރިވަރުންގެ ކިޔެވުން ކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ މުބާރާތުގައި މިއަހަށްވުރެވެސް ގިނަ ދަރިވަރުން ބައިވެރިވުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ. 

ޑރ. ޒާހިރު ވިދާޅުވީ މުބާރާތުގައި ކިޔަވަން މާލެ އަންނަ ދަރިވަރުންނަށް ދެވޭ އިނާޔަތްތައް މިއަހަރަށް ވުރެ ރަނގަޅުކުރައްވަން މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި މިއަހަރަކީ މުބާރާތުގައި މިހައިތަނަށް އެންމެ އަގު ބޮޑު އިނާމުތައް ދެވޭ އަހަރުކަންވެސް ފާހަގަކުރައްވާ ކަމަށެވެ. 

މިއަހަރަކީ 1273 ދަރިވަރުންނާއިއެކު މުބާރާތް ކުރިއަށް ގެންދިއަ ރެކޯޑް އަހަރަކަށްވުމާއިއެކުވެސް މިހައި ކުރު މުއްދަތެއްގެ ތެރޭގައި މުބާރާތުގެ ކިޔެވުން ނިންމައި އިނާމު ދެވިގެން މިދަނީ ގިނަ ބައެއްގެ ވަރަށް ބުރަ މަސައްކަތުންކަންވެސް ޑރ. ޒާހިރު ވަނީ ފާހަގަކުރައްވައިފައެވެ.

 

މިއަދު އޮންލައިން