ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަލްއުތާޛް ޙުސައިން ރަޝީދު އަހުމަދު އައްޔަން ކުރައްވައިފި އެވެ.
އެނގިފައިވާ ގޮތުގައި އެމަގާމަށް އައްޔަން ޙުސެއިން ރަޝީދު ކުރައްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި އެމަގާމަކީ ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ މަގާމެކެވެ.
އަލްއުސްތާޛް ހުސައިން ރަޝީދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގައި ވެސް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމަށް ހުސައިން ރަޝީދު އައްޔަން ކުރެއްވުމާއި އެކުގައި އެ މިނިސްޓްރީގެ އެ މަގާމުގައި މިވަގުތު ތިން ބޭފުޅަކު ހުންނަވާނެ އެވެ. އެއީ އަމީން ޖާވިދު ފައިސަލާއި އަހުމަދު ޝިއާންގެ އިތުރުން މިހާރު ޙުސެއިން ރަޝީދު ވެސް މެއެވެ.