ރައީސް ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށް ފަހު މާލެ ވަޑައިގެންފި!

ކިޔުމަށް ހޭދަވާނީ 1މ 35ސ
ރައީސް ނ. އަތޮޅަށް  ކުރެއްވި ދަތުރުފުޅަށް ފަހު މާލެ ވަޑައިގެންފި!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީގެ ދެރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ފުރާވަޑައިގެންފިއެވެ.


ރައީސްގެ މިދަތުރުފުޅުގައި އިއްޔެ ފުރަތަމަ ވަޑައިގެންނެވީ ނ. މިލަދުއަށެވެ. އެރަށް ވަޑައިގެން ރައީސް ވަނީ މިލަދޫ ހިދާޔާ ސްކޫލުގެ ރަންޔޫބީލް ހަނދާނީ ބިނާ ހުޅުއްވައިދެއްވައިފައެވެ. އަދި އެ ސްކޫލަށް 50 އަހަރުފުރުނު ރަންޔޫބީލް ފާހަގަކުރުމަށް ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި އެޖަލްސާގައި ވާހަކަފުޅު ދައްކަވާފައިވެއެވެ. ރައީސްގެ މި ދަތުރުފުޅުގައި މިލަދޫ ކައުންސިލާއި އެރަށުގެ މުޢައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީގެ ކަންކަމާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

އަދި ހަމަ އެރަށުގައި ރައީސް ވަނީ އެއަތޮޅު މަގޫދޫ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ ކަންކަމާގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވައި މަޢުލޫމާތު އޮޅުން ފިލުއްވައިފައެވެ.


މިލަދުއަށްފަހު ދެން ރައީސް ވަޑައިގެންނެވީ ނ. ކުޑަފަރިއަށެވެ. ކުޑަފަރީގައި އެރަށުގެ ކައުންސިލާއި މުޢައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީގެ ކަންކަމާ ގުޅޭގޮތުން އެމަނިކުފާނު ވަނީ މަޝްވަރާކުރައްވާފައެވެ.

އަދި ހަމަ އެރަށުގައި ރައީސް  އިއްޔެ ވަނީ ނ އަތޮޅުގެ އަތޮޅު ކައުންސިލަރުންނާވެސް ބައްދަލުކުރައްވައި އަތޮޅުގެ ތަރައްޤީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. ރައީސްގެ މި ދަތުރުފުޅުގައި ކުޑަފަރީ ސްކޫލަށް 50 އަހަރު ފުރުނު ރަންޔޫބީލް މުނާސަބާ ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދެއްކެވިއެވެ.


ރައީސް ކުޑަފަރީއަށް ކުރެއްވި ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ ރަށުގެ ގިރާ ސރަހައްދާއި ކުނިކޮށި ބައްލަވާލައްވައިފައެވެ. މީގެއިތުރުން ކުޑަފަރީ ސްކޫލުގެ ގޯތިތެރޭގައި ރައީސް މިއަދު ވަނީ ގަހެއް އިންދަވައި ދެއްވައިފައެވެ. ރައީސް މިލަދުއާ ކުޑަފަރީއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މާލެ ވަޑައިގެންނެވުމަށް ފުރާ ވަޑައިގެންނެވީ މިއަދު ހެނދުއެވެ.

މިއަދު އޮންލައިން