"ޑރ. ޝަހީމްގެ ދިފާޢުގައި އަޅުގަނޑުމެން ދައްކަން ޖެހޭ ވާހަކައެއް ނެތެވެ. އެއަށްވުރެ އެބޭފުޅާއަކީ ކާކުކަން ދިވެހިރާއްޖެ ކީއްކުރަންތޯ މުޅި ދުނިޔެ ވެސް ދަންނަ ބޭފުޅެކެވެ. އެއިގެ ބަދަލުގައި ސުވާލުކުރަންވީ އިއްޒަތްތެރި މެންބަރު ހުންނެވީ އެވަގުތު ހަމަ ބުއްދީގަތޯއެވެ."
"ހައްދުފަހަނައަޅައި ދިއުން ނައްތާލަން ޢިއްޒަތްތެރި މެންނަށް އަދި ތިއަ ދެވެނީ ނުބައި ގޯޅިއަކުންނެވެ."
- ޝައިޚް ޝަފީޢު ޢަބްދުﷲ
މީގެ އިތުރުން ޝައިޚް ޝަފީޢު ވިދާޅުވީ މަޖިލީހުގައި ޕާޓީއަކުން ތްރީ ލައިން ވިޕެއް ނެރުމާއިއެކު، ދެން ކެންޑިޑޭޓެއްގެ ދީންވެރިކަމަކުން، ނުވަތަ ޤައުމިއްޔަތަކުން ކުރާނެ ކަމެއް ނުއޮންނާނެ ކަމަށެވެ. އެޕާޓީއެއްގެ ފިކުރު ނުވަތަ މަތީފަޑީގައި ލީޑުކުރާ މީހުންގެ ފިކުރަކީ ކޮބައިތޯ ވޯޓު ދިނުމުގައި މުހިންމުވަނީ އެހެންވެގެން ކަމަށެވެ.