އެއާ އޭސިއާ ފްލައިޓުން ދަތުރުކުރި ފަސިންޖަރަކަށްވެސް ކުރޫ އަކަށްވެސް އެއްވެސް އަނިޔާއެއް ނުލިބޭ: އެމްއޭސީއެލް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 35ސ
އެއާ އޭސިއާ ފްލައިޓުން ދަތުރުކުރި ފަސިންޖަރަކަށްވެސް ކުރޫ އަކަށްވެސް އެއްވެސް އަނިޔާއެއް ނުލިބޭ: އެމްއޭސީއެލް

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މިރޭ ފުރިތަނާ އިންޖީނުގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން އަނބުރާ ޖެއްސި އެއާއޭސިއާގެ ފްލައިޓުން ދަތުރުކުރި އެއްވެސް ފަސިންޖަރަކަށްވެސް އަދި ކުރޫއަކަށްވެސް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްއޭސީއެލް އިން ބުނެފިއެވެ.

އެމްއޭސީއެލް އިން ބުނީ ފްލައިޓުގައި 59 ފަސިންޖަރުންނާއި 7 ފަޅުވެރިން ތިބި ކަމަށެވެ. އެއިން އެއްވެސް މީހަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. 

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އޭ320 މަރުކާގެ ބޯޓެއްގެ ކަނާއަތް ފަރާތު އިންޖީނުގައެވެ. އެމްއޭސީއެލް އިން ބުނެފައިވަނީ ފްލައިޓް ޖެއްސީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށެވެ. އިތުރު ތަފްޞީލު ދީފައެއް ނުވެއެވެ.

މިއަދު އޮންލައިން