މަޖިލިސް މެންބަރަކަށް ވުމަކީ ހިތަށް އެރިހައި ދޮގު ވާހަކަތަކެއް ދައްކަން ލިބޭ ލައިސަންސެއް ނޫން: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
މަޖިލިސް މެންބަރަކަށް ވުމަކީ ހިތަށް އެރިހައި ދޮގު ވާހަކަތަކެއް ދައްކަން ލިބޭ ލައިސަންސެއް ނޫން: ޝައިޚް ޢަލީ ޒައިދު

"ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި ކިތަންމެ ބޮޑަށް ސިޔާސީ ޕްލެޓްފޯމް ތަފާތުވި ނަމަވެސް، ފާޑުފާޑުގެ ދޮގު ތުހުމަތު ކުރާކަށް ނުޖެހެއެވެ. މަޖިލިސް މެންބަރަކަށް ވުމަކީ ހިތަށް އެރިހައި ދޮގު ވާހަކަތަކެއް ދައްކަން ލިބޭ ލައިސަންސެއް ނޫނެވެ. ކިތަންމެ ރުޅި އައި ނަމަވެސް ވާހަކަ ދައްކަން ޖެހޭނީ ތެދުބަހުންނެވެ. ޙައްޤަށެވެ." ޝައިޚް ޢަލީ ޒައިދު

ދޮދު ވާހަކަ ދެއްކުމަކީ އިސްލާމް ދިނުގައި ޙަރާން ކަމެއް ނަމަވެސް އެކަން ރައްޔިތުންގެ މަޖިލީހުން ވަނީ ހުއްދަކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ އިޞްލާޙުކުރި ޤަވާޢިދުގައިވެސް ވަނީ މަޖިލީހުގައި ދައްކާ ވާހަކަތަކަކީ ސާބިޮތު ހިފޭ ތެދުވާހަކަތަކަށް ވާން ނުޖެހޭނެ ކަމަށެވެ.

މިފަދައިން މަޖިލީހުގެ ޤަވާއިދުގައި އޮތް ނަމަވެސް މަޖިލީހުގައި ދައްކާ ވާހަކަތައްވެސް މަލާއިކަތުން ގެންދަވާނީ ލިޔުއްވަމުންނެވެ. މަޖިލިސްކުރާ މާލަމަށް މަލާއިކަތުން ވަދެވަޑައިގެން ލިޔުއްވަވާނީ މަޖިލީހުގެ ރައީސް އެކަމަށް ހުއްދަ ދެއްވުމަކުން ނޫނެވެ. މަޖިލީހުގެ ރައީސް އަށާއި މެންބަރުންނަށް ހީވެފައި އޮތީ މަޖިލީހަކީ ﷲ ތައާލާއަށްވުރެ މަތިން ހިންގާ ތަނެއްކަން މަޖިލީހުގެ ޤަވާއިދުން ހާމަވެއެވެ

މިއަދު އޮންލައިން