އޮސްޓްރޭލިއާއިން ކައިބާން ޖަމްޝީދަށް ވިސާ ދިނުމަށް ދިވެހި ސަރުކާރުން އެދިއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
އޮސްޓްރޭލިއާއިން ކައިބާން ޖަމްޝީދަށް ވިސާ ދިނުމަށް ދިވެހި ސަރުކާރުން އެދިއްޖެ!

ސިއްހީ މައްސަލަތަކެއް ހުރުމުން އޮސްޓްރޭލިއާއިން ވިސާ ހަމަޖައްސައި ނުދިން ދިވެހި ކުއްޖެއް ކަމުގައިވާ ކައިބާން ޖަމްޝީދަށް އިންސާނިއްޔަތަށްޓަކައި ނަމަވެސް ވިސާ ހަމަޖައްސައިދިނުމަށް ދިވެހި ސަރުކާރުން އެދިއްޖެއެވެ.

ދިވެހި ސަރުކާރުން މިކަމަށް އެދިފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު އޮސްޓްރޭލިއާގެ ޑިޕާޓްމެންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ޑެޕިއުޓީ ސެކްރެޓަރީ ރިޗަޑް މޯޑްއާ ބައްދަލު ކުރައްވައެވެ.

މިނިސްޓަރު ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންސާނިއްޔަތަށްޓަކައި އެ ކުއްޖާ އަށް ވިސާ ދިނުމަށް އެ ބައްދަލުވުމުގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ.

އޮސްޓްރޭލިއާގެ އިމިގްރޭޝަން ގާނޫނުތައް އޮންނަ ގޮތުން ސިއްހީ ބޮޑު މައްސަލައެއް ހުންނަ ފަރާތްތަކަށް ވިސާ ނުދިނުމާއި ރައްޔިތުކަން ނުދީ ހިފެހެއްޓެ އެވެ. 

 

މިއަދު އޮންލައިން