މިއަހަރުގެ ޤްރުއާން މުބާރާތާއި ގުޅުވައިގެން ވަރަށް ގިނަ އަދަދަދެއްގެ ދީނީ ފޮތާއި މުޞްޙަފް ބަހައި އަދި ދީނީ މައުލޫމާތު ފޯރުކޮށްދެމުން އެބަ ގެންދެއެވެ.

މުބާރާތް ކުރިއަށް ގެންދާ ވަގުތުތަކުގައި މިކަމަށް ޚާއްޞަކޮށް އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދާ ސްޓޯލުން ގިނަ އަދަދެއްގެ ދީނީ ފޮތް ބެހުމުގެ އިތުރުން ބައެއް ފޮތްތައް ގެންދަނީ ވަރަށް ހެޔޮ އަގުގައި ވިއްކަމުންނެވެ. މީގެ އިތުރުން މުޞްހަފް ވެސް ގެންދަނީ ބަހަމުންނެވެ.

މުބާރާތް ކުރިއަށް ގެންދާ ވަގުތުތަކުގައި ދީނުގެ ކަންކަން އޮޅުންފިލުވައިދެއްވުމަށް ޢިލްމުވެރިއަކުވެސް އެކަމަށް ޚާއްޞަ ތަނުގައި އިންނަވައެވެ.