ކިންގް ޢަބްދުލްޢަޒީޒު އިންޓަރނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވާ ދަރިވަރުންނާ އިސްލާމިކު މިނިސްޓަރ ބައްދަލު ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ކިންގް ޢަބްދުލްޢަޒީޒު އިންޓަރނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވާ ދަރިވަރުންނާ އިސްލާމިކު މިނިސްޓަރ ބައްދަލު ކުރައްވައިފި

ކިންގް ޢަބްދުލްޢޒީޒު އިންޓަރނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވާ ދަރިވަރުންނާ އިސްލާމިކު މިނިސްޓަރ ބައްދަލު ކުރައްވައި މަރުޙަބާ ވިދާޅުވެއްޖެއެވެ.  

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި އިސްލާމިކް މިނިސްޓަރު ވަނީ ގިން ޤައުމުތަކަކުން ވާދަކުރާ މިފަދަ މުބާރާތެއްގައި ބައިވެރިން ސަމާލުކަން ދޭން ޖެހޭނެ ކަންކަން ފާހަގަކުރައްވައި އިރުޝާދު ދެއްވައިފައެވެ.  

މިނިސްޓަރ ޑރ. ޒާހިރު ވިދާޅުވީ މިއީ އެކުދިންނަސް ލކިބުނު ރަނުގެ ފުރުޞަތެއްކަމަށް ޤަބޫލުކޮށް ވީހައި ރަނގަޅު ނަތިޖާއެއް ހޯދަން މަސައްކަތްކުރަންވާނެ ކަމަށެވެ. އަދި މައިންބަފައިންނަށާއި ޤައުމަށް ރީތިނަން ހޯދައިދޭން މަސައްކަތްކުރަންވާނެ ކަމަށެވެ. ހަމައެއާއިއެކު މިހައި ބޮޑު މުބާރާތަކުން އެންމެ މަތިން ވަނަ ޙާޞިލު ނުކުރެވުނު ނަމަވެސް މާޔޫސް ނުވެ ކީރިތި ޤްރުއާން ކިޔެވުމުގައި އިތުރަށް ކުރިއަށް ދިއުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.  

ޑރ. ޒާހިރު ވިދާޅުވީ ގަދައަޅައި މަސައްކަތްކުރާ ދަރިވަރުންނަށް އަބަދުވެސް ދާނީ އިތުރު ފުރުޞަތުތައް ލިބެމުން ކަމަށާއި އެކަށީގެންވާ ވަރަށް މަސައްކަތް ކުރެވުމުން ރަން ވަނަތައްވެސް ލިބެމުން ދާނެ ކަމަށެވެ.  

މުބާރާތް ކުރިއަށް ގެންދާނީ މިމަހުގެ 7 ވަނަ ދުވަހުން 11 ވަނަ ދުވަހަށް މައްކާގައެވެ. މުބަރާތުގައި ރާއްޖެއިން ބައިވެރިވަނީ ބ. އޭދަފުށި ޖަންބުމާގެ މުޞްޠަފާ މުޙައްމަދު އާއި ތ. ގުރައިދޫ އިރުދޭމާގޭ ހަސަން ޢާހިލް އެވެ. މި ދެ ބައިވެރިންވެސް އެނބުރި ރާއްޖެ އަންނާނީ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. 

 

މިއަދު އޮންލައިން