ރިލްވާން މައްސަލައިގައި ފާހަގަކޮށްފައިވާ ކަންތައްތަކާއިމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނަން: ރައީސް ޞާލިޙް

ކިޔުމަށް ހޭދަވާނީ 1މ 30ސ
ރިލްވާން މައްސަލައިގައި ފާހަގަކޮށްފައިވާ ކަންތައްތަކާއިމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނަން: ރައީސް ޞާލިޙް

މިނިވަން ނޫސްވެރިޔާ އަޙްމަދު ރިލްވާން އަބްދުﷲ ގެ މަރުގެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން ފާހަގަކޮށްފަައިވާ ކަންތައްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މިކަމާއިގުޅޭގޮތުން ރައީސް ޞާލިޙް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނެއް އެމަނިކުފާނު އެކުލަވާލުމުގެ އެއް މަޤްސަދަކީ ރިލްވާނަށް ވީގޮތް ހޯދައި، އެކަން ކުރި މީހުން އިންސާފުގެ މަގަށް ގެނެސް އެފަދަ ކަމެއް މުޖުތަމައުގައި އަލުން ހިނގިޔަ ނުދިނުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުން ކަމަށެވެ. އެގޮތުން ކޮމިޝަންގެ ދެވަނަ ޑްރާފްޓުގައި ފާހަގަ ކޮށްފައިވާ ކަންތައްތަކާމެދު ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.

މަރު ކޮމިޝަން އިން ކުރި ތަހުގީގު ރިޕޯޓު ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލީހަށް ވަނީ ހިއްސާކޮށްފަ އެވެ. އަދި އެ ރިޕޯޓުގެ ހުލާސާއެއް ވަނީ އާންމުކޮށްފަ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން ރިލްވާން މަރުވާން ދިމާވި އެއް ސަބަބަކީ އެ ދުވަސް ވަރު ދީނީ މިނިވަންކަން ރާއްޖޭގައި ގާއިމް ކުރަން ބެނުންވާ ފަރާތްތަކާއި ދީނުގެ ނަމުގައި ހަރަކާތްތެރިވާ ހަރުކަށި ޖަމާއަތަކާ ދެމެދު ހިނގި އަރާރުންވުންތަކެވެ. އަދި އެ އަރާރުންވުންތަކުގައި ރިލްވާންއަށް މަރުގެ އިންޒާރުދިނުމަށް ފަހު އޭނާ ރަހީނުކޮށް ކަނޑުމަތީގައި ބޯ ބުރިކޮށްލައި މަރާލި ކަމަށް ރިޕޯޓުގައިވެ އެވެ.

 

މިއަދު އޮންލައިން