ޤައުމު ބިނާ ކުރަން އަންހެނުން ކުރަންޖެހޭ ހަމައެކަނި ކަމަކީ އޮފީހެއްގަ މަސައްކަތް ކުރުން ކަމުގަ މާނަ ކުރުމަކީ އޮޅުވާލުއް: ޝައިޚް ޝަފީޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ޤައުމު ބިނާ ކުރަން އަންހެނުން ކުރަންޖެހޭ ހަމައެކަނި ކަމަކީ އޮފީހެއްގަ މަސައްކަތް ކުރުން ކަމުގަ މާނަ ކުރުމަކީ އޮޅުވާލުއް: ޝައިޚް ޝަފީޢު

ޤައުމު ބިނާ ކުރަން އަންހެނުން ކުރަންޖެހޭ ހަމައެކަނި ކަމަކީ ކޮންމެވެސް އޮފީހެއްގައި މަސައްކަތް ކުރުން ކަމުގައި މާނަ ކުރުމަކީ އޮޅުވާލުމެއް ކަމަށް ޝައިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.  

ޝައިޚް ޝަފީޢު ވިދާޅުވީ ޤައުމު ބިނާ ކުރުމުގައި އަންހެނުންގެ ދައުރު އޮންނަން ޖެހޭ ކަމަށާއި އެގޮތުން، ގޭގައި ތިބެގެން ގެ ބަލަހައްޓައި، ދަރިން ބަލަހައްޓައި ހަދާ އަންހެނުންނަކީ އޮފީހެއްގައި މަސައްކަތް ކުރާ އަންހެނަކަށް ވުރެ މާ ބުރަ މަސައްކަތް ކުރާ، އަދި ޤައުމު ބިނާ ކުރުމުގައި މާ ބޮޑު ހިއްސާއެއް އަދާ ކުރާ އަންހެނުންކަމަށެވެ. 

ޝައިޚް ޝަފީޢު ވިދާޅުވީ އެފަދަ އަންހެނުންނަކީ ޤައުމު ބިނާ ކުރުމުގައި ބައިވެރި ނުވާ، ބޭކާރު ބައެއްގެ ގޮތުގައި ސިފަވާ ގޮތަށް މިއަދު ވާހަކަ ދެކެވުމަކީ އެކަނބަލުންނާއި ދޭތެރޭ ވެވޭ ބޮޑު އަނިޔާއެއް ކަމަށާއި އިންސާފާއި ހަމަހަމަކަމަށް ގޮވައިލާ މީހުންގެ ފަރާތުން އެފަދަ ކަނބަލުންގެ ދަރަޖައެއް ނެތް ކަމަށް ދޭހަވާ ގޮތަށް ދެކެވޭ ވާހަކައާއި އަގު ވަޒަން ނުކުރުމަކީ ކަނޑައެޅިގެން ވެވޭ ނާއިންސާފެއް ކަމަށެވެ. 

އަންހެނުން ދައުރަކީ ހަމައެކަނި މަސައްކަތުގެ (ވަޒީފާގެ) ދާއިރާކަމަށް ކަނޑައަޅައި، އެއީ އަންހެނުންގެ ދައުރު މުޖުތަމަޢުގައި އޮތް މިންވަރު ކިރާ ފާލަކަށް ހެދުމަކީ ކަނޑައެޅިގެން އެއްވެސް ތާނކުންތާކު ނުޖެހޭ މިންގަނޑެއް ކަމަށް ވެސް ޝައިޚް ޝަފީޢު ވަނީ ވިދާޅުވެފައެވެ. 

މިއަދު އޮންލައިން