ޑރ.އަޒްމިރަލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓަށް އައްޔަން ކުރުމާމެދު މާދަމާ ގޮތެއްނިންމަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 49ސ
ޑރ.އަޒްމިރަލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓަށް އައްޔަން ކުރުމާމެދު މާދަމާ ގޮތެއްނިންމަނީ!

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމާމެދު ގޮތެއްނިންމުމަށް ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފިއެވެ.

ސްޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ހަތަކަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހާއެކު، އެ ދެ ބޭފުޅުން އައްޔަނުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވެސް ވަނީ ރައީސަށް ލަފާ އަރުވާފައެވެ. އަދި ޖޭއެސްސީން ވަނީ ދެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރަން ނިންމައި، އެ ކަން މަޖިލިހުގެ ތަޅުމަށް ފޮނުވައިފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ހައި ކޯޓުގެ ހަތަރު ފަނޑިޔާރަކު ވަނީ އެ ދެ މަގާމަށް ކުރިމަތިލައްވައިފައެވެ.

އަންހެން ދެ ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަން ކުރުމާ ގުޅޭ ގޮތުން ދީނީ އިލްމުވެރިންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވެފައެވެ.

 

މިއަދު އޮންލައިން