ކިޑްނީ ފަދަ ގުނަވަންތައް ބަދަލުކުރުމުގެ ޚިދުމަތް ދިވެހިންނަށް ސްރީލަންކާއިން ލިބޭ ގޮތް ހަމަޖައްސައި ޚިދުމަތް ދޭން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ކިޑްނީ ފަދަ ގުނަވަންތައް ބަދަލުކުރުމުގެ ޚިދުމަތް ދިވެހިންނަށް ސްރީލަންކާއިން ލިބޭ ގޮތް ހަމަޖައްސައި ޚިދުމަތް ދޭން ފަށައިފި

ސްރީލަންކާގެ ހޮސްޕިޓަލްތަކުން ދިވެހިންނަށް ކިޑްނީ އާއި ހަށިގަނޑުގެ އެހެން ގުނަވަންތައް ބަދަލުކުރުން ނުވަތަ އޯގަންޓްރާންސްޕްލާންޓްގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ.

ދިވެހި ޚާރިޖިއްޔާ އިން ބުނީ މިހާރު ލަންކާގެ ހޮސްޕިޓަލްތަކުން ދިވެހިންނަށް މިޚިދުމަތް ދޭން ފަށާފައިވާ ކަމަށާއި ދިވެހިރާއްޖެއަކީ ސްރީލަންކާއިން މިފަދަ ފުރުސަތެއް ފަހިކޮށްދިން ފުރަތަމަ ޤައުމު ކަމަށެވެ!

ސްރީލަންކާއިން ވަނީ އެޤައުމުގެ ރައްޔިތުން ނޫން އެހެން މީހުންނަށް އެޤައުމުގައި އޯގަންޓްރާންސްޕްލާންޓްގެ ޚިދުމަތް ދިނުން މަނާކޮށްފައެވެ. އެހެންނަމަވެސް މިދިޔަ ޖޫން މަހުން ފެށިގެން ދިވެހި ބައެއް ޕޭޝަންޓުންނަށް ސަރުކާރު މެދުވެރިވެގެން އެޚިދުމަތް ވަނީ ފަހިކޮށްދީފައެވެ.

ސްރީލަންކާއަކީ ބޭސްފަރުވާއަށް ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާ ޤައުމަކަށްވެފައި، އޯގަން ޓްރާންސްޕްލާންޓްގެ ޚިދުމަތް އެޤައުމުން އަނެއްކާވެސް ލިބިގެން ދިޔުންވާނީ މިފަދަ ސިއްހީ ޚިދުމަތަކަށް ބޭނުންވެފައިވާ ފަރާތްތަކަށް ލިބިގެންދާނެ ފަސޭހަޔަކަށެވެ.

މިއަދު އޮންލައިން