ސްޕީކާސް ސަމިޓަށް ވަޑައިގެންނެވި ޢިއްޒަތްތެރިންގެ ޝަރަފުގައި ބޭއްވެވި ފަރިއްކޮޅުގައި ރައީސް ބައިވެރިވެ ވަޑައިގެންފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 34ސ
ސްޕީކާސް ސަމިޓަށް ވަޑައިގެންނެވި ޢިއްޒަތްތެރިންގެ ޝަރަފުގައި ބޭއްވެވި ފަރިއްކޮޅުގައި ރައީސް ބައިވެރިވެ ވަޑައިގެންފި

4 ވަނަ ސައުތު އޭޝިއަން ސްޕީކާސް ސަމިޓަށް ވަޑައިގެންނެވި ބޭރުގެ ޢިއްޒަތްތެރިންގެ ޝަރަފުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދެއްވި ރޭގަނޑުގެ ފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގެންފިއެވެ. މި ފަރިއްކޮޅު ބާއްވަވާފައި ވަނީ މިރޭ ބަނޑޮސް މޯލްޑިވްސްގައެވެ.

ދެމެހެއްޓެނިވި ތަރައްޤީގެ އަމާޒުތަކަށް ވާޞިލުވުމަށް އަމާޒުތައް ޙާޞިލުކުރުމާ ބެހޭގޮތުން މިއަދާ މާދަމާ ކުރިޔަށްގެންދާ މި ސަމިޓަކީ ރައްޔިޔުންގެ މަޖިލީހުގެ އިދާރާއާއި އިންޓަރ ޕާލަމެންޓްރީ ޔޫނިއަން ގުޅިގެން ރާއްޖޭގައި ކުރިޔަށްގެންދާ ސަމިޓެކެވެ.

 

މިއަދު އޮންލައިން