ވީނުނީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންނާއި، މާރާލެވިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އުފެއްދެވި ރިޔާސީ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ބައެއް ތަހުގީގުތައް ހާމަކުރުމަށް، ނޫސްވެރިންގެ ބައްދަލަވުމެއް ކުރިއަށް އެބަދެއެވެ.
އެގޮތުން މިބައްދަލުވުމުގައި މިވަގުތު އެކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދް މައުލޫމާތު ދެއްވަމުން ގެންދަވަނީ ގެއްލުވާލާފައިވާ މިނިވަން ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މައްސަލައާއި ގުޅޭގޮތުންނެވެ.
14:16: ރާއްޖޭގައި ހިނގާފައިވާ ބޮޑެތި ބައެއް މައްސަލަތައް ގުޅިފައިވަނީ "ޖިހާދީ ފިކުރު" ގެ ޖަމާޢަތުގެ މީހުންނާ- ހުސްނުއް ސުއޫދް
14:16: އެހަރުކަށި ޖަމާޢަތުގެ އިސް އެކަކު ކަމަށްވާ އިސްމާއިލް އަބްދުލް ރަހީމް، ރިލްވާނަށް ފާރަލަމުން ގެންދިޔަ ކަމަށް ރިލްވާން ޓްވީޓް ކޮށްފައިވޭ!
14:17: އިސްމާއިލް އަބްދުލް ރަހީމަކީ ސީިރިއާއަށް އެތެރެވާން އުޅެނިކޮށް ތުރުކީ ބޯޑަރުން ހިފަހައްޓާ، ރާއްޖެ ޑީޕޯޓް ކުރުމުން ޝަރީޢަތް ކުރެވި ލިޔުމެއް މަދުވެގެން ދޫކޮށްލާފައިވާ މީހެއް- ސުއޫދް
މިހަރުކަށި ޖަމާއަތުން ސީރިއާއަށް ދިވެހިން ފޮނުވުމަށް ރެކްރޫޓް ކުރޭ. އެމީހުންނާއި ސީރިއާގެ ޖަމާއަތްތަކާއި ގުޅުން އޮވޭ- ސުއޫދް
14:18: 2012 ވަނަ އަހަރުން ފެށިގެން އެމީހުން ވަނީ ސޯޝަލް މީޑިއާގަ "ޝަރިއާ ފޯ މޯލްޑިވްސް" ނަމުގައި ޕޭޖެއް ހިންގާފަ. އަދި 2014 ވަނަ އަހަރު އެމީހުން ވަނީ އައިއެސް އަށް ތާއީދުކޮށް ރާއްޖޭގައި ހިނގާލުމެއް ވެސް ބާއްވާފަ! އެހެންކަމުން އެމީހުންނާއި އައިއެސް އާއި ގުޅުމެއްވާކަމަށް ޤަބޫލު ކުރެވޭ!- ސުއޫދް
14:19: އެމީހުން 2014 ވަނަ އަހަރުގެ ރަމަޟާން މަސް ތެރޭގައި ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ ރޯދަ މަހަށްފަހު ދީނަށް ފުރައްސާރަކުރާ ފަރާތްތަކާއި ދެކޮޅަށް "މަސައްކަތް ފަށާނެ" ކަމަށް.
14:20: މިނިވަން ނޫހުގައި ލިޔެފައިވާ ލިޔުންތަކާއި ގުޅިގެން ރިލްވާނާއި ބިލާދު އަލް ޝާމް މީޑިއާގެ އެޑްމިން ވަނީ ވާހަކަ ދައްކާފަ.
++
ކަވަރޭޖް: ރިލްވާން ގެއްލުނުރޭ، އޭނާގެ ދިރިއުޅޭ ގޭ ސަރަޙައްދުން މީހަކު ނޭވާ ނުލެވިގެން އުޅޭކަހަލަ ގޮތަކަށް ހަޅޭލަވާ އަޑުއިވުން!
14:47: ރިލްވާން ގެއްލުނު ރޭ، އޭނާ ދިރިއުޅޭ ގޭގެ ސަރަޙައްދުން ފިރިހެނަކު ނޭވާ ނުލެވިގެން އުޅޭ ކަހަލަ ގޮތަކަށް ހަޅޭލަވާ އަޑު މީހަކަށް އިވިފައިވޭ- ސުއޫދު
14:47: ރިލްވާންގެ ފޯނު ސިގްނަލް ހުޅުމާލެ ސަރަޙައްދުން ލިބިފައިވާތީ، އެރޭ އޭނާ ހުޅުމާލެ އަށް ދިޔަކަން އެނގޭ
14:48: ރިލްވާން އުޅުނު ގޭގެ ފުރަތަމަ ފަންގިފިލާގަ ތިއެްބާ އަންހެނަކާއި، އޭނާގެ ދަރިފުޅަށް ފިރިހެނަކު ހަޅޭލެވި އަޑުއިވުނު. އަދި އެދަރިފުޅު ބެލްކަންޏަށް ނިކުތް ވަގުތު، ފިރިހެނަލު ކާރަކަށް ގަދަކަމުން އަރުވައިގެން ގެންދިޔަ ތަން ފެނުނު.
14:49: އެސަރަޙައްދަށް ވަޅިއެއް ވެއްޓިފައިވާ މަންޒަރު ވަނީ ދެ މީހަކަށް ފެނިފަ.
14:52: އެރޭ ހުޅުމާލެ 21 ނަންބަރު ފްލެޓު ކައިރިން ރަތް ކުލައިގެ ކާރަކަށް ގަދަކަމުން އަރުވައިގެން ދިޔައީ އަހުމަދު ރިލްވާން ކަން ޝައްކެއްނެތް މިންވަރަށް ވަނީ ޔަގީންވެފަ.
14:53: ސުއޫދު: އެ ރަތް ކާރަކީ އާލިފް ރައުފުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކާރެއް ކަމަށް އޭނާ ވަނީ ކޮމިޝަނަށް ދިން ބަޔާނުގައި އިއުތިރާފުވެފައި. އެ ކާރު އެރޭ ހުޅުމާލެއަށް ފިނުވީ އޭނާގެ ރައްޓެހި ނޫރައްދީން އެދިގެން ކަމަށް ވެސް ބުނެފައިވޭ.