ބިދޭސީއެއްގެ އެކައުންޓުން އޭނާއަށް ނޭނގި ވަގަށް ފައިސާ ނެގި ދިވެއްސެއް ކްރިމިނަލް ކޯޓުން ބޮޑުއަދަދަކުން ޖޫރިމަނާކޮށްފިއެވެ.
2017 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ބަންގްލަދޭޝް މީހެއް ކަމަށްވާ ބަޝީދު އަހުމަދުގެ އެކައުންޓުން 1،600 ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި ދައުލަތުން ދައުވާކޯށްފައިވަނީ މުހައްމަދު ރަޝީދު، ސެލްޓަން، ސ.ހުޅުދޫ ގެ މައްޗަށެވެ.
މިމައްސަލައިގައި ކްރިމިނަލް ކޯޓުން މިދިއަ އާދިއްތަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ ބަޝީރު އަހުމަދުގެ އެކައުންޓުން މުހައްމަދު ރަޝީދު، 1،600 ރުފިޔާ ވަގަށް ނެގިކަން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ސާބިތުވާ ކަމަށާއި ގާނޫނުލްއުގޫބާތުގެ 210 ވަނަ މާއްދާގެ (ށ) ގެ ހަތަރުވަނަ ނަމްބަރާއި ހަމަ އެގާނޫނުގެ 1002 ވަނަ މާއްދާގެ (ހ) އަދި 1005 ވަނަ މާއްދާގެ (ހ) ގެ ދަށުން މުހައްމަދު ރަޝީދު 28،800 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމް ކުރާކަމަށެވެ.
މިފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ދެއްކުމަށް މުހައްމަދު ރަޝީދަށް ވަނީ މުއްދަތުދީފަ އެވެ.