ފަސިންޖަރުން ލައިފް ޖެކެޓް އަޅުވާތޯ ޓްރާންސްޕޯޓުން ބަލަން ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 37ސ
ފަސިންޖަރުން ލައިފް ޖެކެޓް އަޅުވާތޯ ޓްރާންސްޕޯޓުން ބަލަން ފަށައިފި

ކަނޑު އުޅަނދުފަހަރުތަކުގައި ފަސިންޖަރުން ލައިފް ޖެކެޓް އަޅުވާތޯ ޓްރާންޕޯޓް އޮތޯރިޓީން ބަލަން ފަށައިފިއެވެ.

މިކަމާގުޅިގެން ޓްރާންޕޯޓް އޮތޯރިޓީން ބުނެފައިވަނީ ރަށްރަށުގައި ތަމްރީނުކޮށްފައިވާ ސާވެޔަރުން އެ ރަށްރަށުން ފުރާ އުޅަނދުފަހަރުން ފަސިންޖަރުން ލައިފް ޖެކެޓް އަޅުވާތޯ ބަލަން ފަށައިފައިވާ ކަމަށާއި އަދި ކެޕްޓަނުންނާއި ފަޅުވެރިން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އޮތޯރިޓީއިން ވަނީ އެދިފައެވެ.

ލައިފްޖެކެޓް އަޅާނެ ގޮތް ކިޔައިދީ ލައިފް ޖެކެޓް ހުރިހާ ފަސިންޖަރުންނަށް ފޯރުކޮށްދިނުމަށްވެސް ޓްރާންސްޕޯޓް އޮތޯރިޓިއިން ވަނީ ކެޕްޓަނުންނާއި ފަޅުވެރިންނަށް ހަނދާންކޮށްދީފައެވެ.

މިއަދު ފުރި ގިނަ ލޯންޗްތަކުގައި ލައިފްޖެކެޓް ބޭނުންކޮށްފައި ވާކަން ވަނީ ފާހަގަވެފައެވެ.

 

މިއަދު އޮންލައިން