ހިޖުރީ އާ އަހަރާއެކު ﷲ ރުހިވޮޑިގަންނަވާ މަގަށް ހިޖުރަކޮށްލާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ހިޖުރީ އާ އަހަރާއެކު ﷲ ރުހިވޮޑިގަންނަވާ މަގަށް ހިޖުރަކޮށްލާ!

މާދަމާ 31 އޮގަސްޓް ވާ ހޮނިހިރު ދުވަހަކީ ހިޖުރީ އައު އަހަރު ފެށޭ ދުވަހެވެ. ހިޖުރައިން 1441 ވަނަ އަހަރު ފެށޭ މުޙައްރަމް މަހުގެ ފުރަތަމަ ދުވަހެވެ. އެހެންކަމުން ކުރަން އޮތް އެންމެ ރަނގަޅު އެއް ކަމަކީ ﷲ ތައާލާ ރުހިވޮޑިގަންނަވާނެ މަގަށް ހިޖުރަކޮށްލުމެވެ. 

ހިޖުރައިގެ ތާރީޚް ފެށިގެން އަންނަނީ ރަސޫލް (ޞޢވ) މައްކާއިން މަދީނާއަށް ކުރެއްވެވި ހިޖުރަ އާއި ހަމައިންނެވެ. ނަމަވެސް ހިޖުރައިގެ މާނައަކީ ހަމައެކަނި އެއް ޤައުމުން އަނެއް ޤައުމަށް ހިޖުރަ ކުރުމެއް ނޫނެވެ. އަދި އެއް ރަށުން އަނެއް ރަށް ހިޖުރަ ކުރުން ވެސް ނުމެނޫންމެއެވެ. އެހެނީ ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ އެންމެ މާތްކަންބޮޑު ހިޖުރައަކީ ތިބާގެ ވެރި ރަސްކަލާނގެ ރުހިވޮޑި ނުގަންނަވާ ކަންތައްތަކާއި ދުރުވުން ކަމުގައިވާތީއެވެ. 

ހިޖުރައިން ލިބިދޭ އެންމެ މުހިންމު އެއް ފިލާވަޅަކީ ތިމާ ތިމާގެ ޤައުމު ނުވަތަ ވަޒަން ދެކެ ކިތަންމެ ވަރަކަށް ލޯބިވީ ނަމަވެސް އެ ބިމެއްގައި ހުރެގެން އިސްލާމް ދީނުގައި ސާބިތުވެވެން ނެތް ނަމަ އިސްލާމް ދީނުގައި ސާބިތުވެ ހުރެވެން އޮތް ބިމަކަށް ހިޖުރަކުރަން ޖެހޭނެ ކަމެވެ. 

އެއީ ހަމައެކަނި އެދުވަހު އެކަން އޮތް ގޮތެއް ނޫނެވެ. މިއަދުވެސް އެކަން ކުރަން އޮތް ގޮތެވެ. ކޮންމެ ކަމެއްގައިވެސް އޮތީ އިސްލާމް ދީން ޙިމާޔަތްކުރުމެވެ. އިސްލާމް ދީނުގައި ސާބިތުވުމެވެ. އެހެންކަމުން އިސްލާމް ދީނުގައި ސާބިތުވެ ހުރުމަށް ކުރިމަތިވާ ހުރިހާ ހުރަސްތަކެއް ނައްތައިލަން ޖެހޭނެއެވެ. އެކަން ކުރެވެން އޮތް ގޮތަކަށް އެކަން ކުރަން ޖެހޭނެއެވެ. 

ވީމާ މިފެށޭ ހިޖުރީ އައު އަހަރާއިއެކު ކުރަން އޮތް އެންމެ މުހިންމު ކަމަކީ ތިމާއަށް ކުރެވެމުން އަންނަ ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާ އެންމެހައި ކަންކަން ކުރުނަ ހުއްޓައިލުމެވެ. ތިމާއަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކަންކަން ނޫން އެއްވެސް ކަމެއް ނުކުރާ މީހަކަށް ބަދަލުވުމެވެ. އިސްލާމް ދީނަށް ފުރިހަމައަށް އަމަލުކުރާ މީހަކަށް ބަދަލުވުމެވެ.

މިއަދު އޮންލައިން