އިސްލާމީ ޝަރީޢާގެ ޙުކުމްތައް އެނގުމަކީ އަންހެނަކު ޢައްޔަނުކުރަން ހުއްދަކުރާ ރަޢުޔުގެ ދަށުންވެސް އަސާސީ ޝަރުތެއް: ޝައިޚް ޝަފީޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
އިސްލާމީ ޝަރީޢާގެ ޙުކުމްތައް އެނގުމަކީ އަންހެނަކު ޢައްޔަނުކުރަން ހުއްދަކުރާ ރަޢުޔުގެ ދަށުންވެސް އަސާސީ ޝަރުތެއް: ޝައިޚް ޝަފީޢު

"ރާއްޖޭގައި މިހިނގަނީ ވަރަށް ނުރައްކާތެރިކަމެކެވެ. ލަފާކުރެވެނީ އެއިގެ ފަހަތުން ވަރަށް ނުރައްކާތެރިކަންތައްތަކެއް އަންނާނެ ކަމަށެވެ. ޖޫޑިޝަރީ ސެކިޔުލާ ވާނެއެވެ. އިސްލާމީ ޝަރީޢާ އެކަހެރިވާނެއެވެ.

އިސްލާމީ ޢިލްމް ނެތް މީހުން އިސްލާމީ ޤައުމެއްގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަނުކުރެވިގެންދާ ކަމީ ވަރަށް ދެރަ ކަމެކެވެ. އަންހެނަކު ޢައްޔަނުކުރަން ހުއްދަކުރާ ރަޢުޔުގެ ދަށުންވެސް އެމީހަކަށް އިސްލާމީ ޝަރީޢާގެ ޙުކުމްތައް އެނގުމަކީ ޢިލްމުވެރިން ކަނޑައަޅުއްވާފައިވާ އަސާސީ ޝަރުތެކެވެ."

-ޝައިޚް ޝަފީޢު ޢަބްދުﷲ 

އިސްލާމީ ޝަރީޢާގެ ޙުކުމްތައް އެނގުމަކީ އަންހެނަކު ޢައްޔަނުކުރަން ހުއްދަކުރާ ރަޢުޔުގެ ދަށުންވެސް އެމީހަކަށް ޢިލްމުވެރިން ކަނޑައަޅުއްވާފައިވާ އަސާސީ ޝަރުތެއް ކަމަށް ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ. ނަމަވެސް ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެނުން އިސްކުރެވިދާނެ ކަމަށް ވަކާލާތުކުރައްވާ މަދު ޢިލްމުވެރިން މިކަމަށް ބަސްފުޅެއް ވިދާޅެއް ނުވެއެވެ. ރޮބޮޓުގެ ސްވިޗް ޖެއްސުމުން ކިޔާ ފަދައިން އަބަދުވެސް ވިދާޅުވަނީ "އަންހެނުންނަށް ފަނޑިޔާރުކަން ކުރެވިދާނެ - އަންހެނުންނަށް ފަނޑިޔާރުކަން ކުރެވިދާނެ - އެކަމަށް ހުރަހެއް ނެތް - އެކަމަށް ހުރަހެއް ނެތް!" މިފަދައިންނެވެ. 

މިއަދު އޮންލައިން