ރާއްޖޭގަ ގިނައީ އަތްފައި ކަނޑަން ޖެހޭ މީހުން ކަމަށްވާނަމަވެސް، ޝަރުޢީ ގޮތުން ޖެހޭނީ އެބައެއްގެ އަތްފައި ކަނޑަން: ޝައިޚް ޝަފީޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ރާއްޖޭގަ ގިނައީ އަތްފައި ކަނޑަން ޖެހޭ މީހުން ކަމަށްވާނަމަވެސް، ޝަރުޢީ ގޮތުން ޖެހޭނީ އެބައެއްގެ އަތްފައި ކަނޑަން: ޝައިޚް ޝަފީޢު

"މި ޤައުމުގައި ގިނައީ އަތްފައި ކަނޑަން ޖެހޭ މީހުން ކަމަށް ވަންޏާމު ވެސް، އެބައެއްގެ އަތްފައި ޝަރުޢީ ގޮތުން ކަނޑަން ޖެހޭނެއެވެ. އޭގައި މީހުންގެ ގިނަ ކަމަށް ނުވަތަ މަދު ކަމަކަށް ރިއާޔަތް ކުރުމެއް ނެތެވެ. އަދި ޝަރަފަކަށް ނުވަތަ ދެރަ ނިކަމެތި ކަމަކަށް ބެލުމެއްވެސް ނެތެވެ. 

މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވީ، އެކަލޭގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަން ކުރެއްވި ނަމަވެސް އެކަމަނާގެ އަތްވެސް ކެނޑުއްވީސް ކަމަށެވެ. އެހެންކަމުން، މައްސަލަ ވަރަށް ސާފެވެ. ދެއްކޭނެ އިތުރު ބަހަނާއެއް ނެތެވެ."

ޝައިޚް ޝަފީޢު ޢަބްދުﷲ 

 

"ވައްކަންކުރާ ފިރިހެނާއާއި، ވައްކަންކުރާ އަންހެނާ (ދަންނާށެވެ!) ފަހެ، ތިއަބައިމީހުން އެ ދެމީހުންގެ އަތްތައް ބުރިކުރާށެވެ! (އެއީ) އެ ދެ މީހުން ކުޅަކަންތަކުގެ ޖަޒާއަކަށް، ﷲ ގެ ޙަޟްރަތުން ކަނޑައަޅުއްވާފައިވާ ޢިބްރަތްތެރި ޢުޤޫބާތެއްގެ ގޮތުންނެވެ. ﷲ އީ، ޢަޒީޒްވަންތަ ޙަކީމްވަންތަ ރަސްކަލާނގެއެވެ." (އަލްމާއިދަތު: 38) 

މިއާޔަތުގެ އަޑު ރާއްޖޭގައި އިވެނީ ވަރަށް މަދުންނެވެ. ނަމަވެސް ޝައިކް ޝަފީޢު ބަޔާން ކުރައްވަވާފައިވާ ޙަދީޤްފުޅުގެ އަޑު ދާދިފަހަކާއި ޖެހެންދެން ޚުޠުބާތަކުން އިވުނެވެ. މިއިން ޒަމާނަކު އަޑު އިވުނު ހަނދާނެއް ނެތެވެ. ޙަދީޘް ފޮތްތަކުން މިހާރުވެސް ފެންނަން އެބައޮތެވެ. 

 

މިއަދު އޮންލައިން