އަރުހަމް މަރާލި މައްސަލައިގެ ސިއްރު ހެކިންގެ މައުލޫމާތު އޮޅިގެން ހާމަކުރެވިއްޖެ!

ކިޔުމަށް ހޭދަވާނީ 1މ 30ސ
އަރުހަމް މަރާލި މައްސަލައިގެ ސިއްރު ހެކިންގެ މައުލޫމާތު އޮޅިގެން ހާމަކުރެވިއްޖެ!

2012 ވަނަ އަހަރުގެ ޖޫންމަހު ލޮރެންޒޯ ޕާކު ތެރޭގައި، ތޫނުއެއްޗަކުން ހަމަލާދީ މަރާލި ހއ. ހޯރަފުށީ/ނޫރީގޭ އަހްމަދު އަރުހަމްގެ މަރުގެ މައްސަލައިގައި ދަށު ކޯޓުގައި ހެކިބަސް ދިން ސިއްރު ހެކިވެރިންގެ މައުލޫމާތު އޮޅިގެން ދައުލަތަށް ހާމަކުރެވިއްޖެއެވެ.

މިމައްސަލައިގައި ދައުލަތުން ވަނީ ހަތަރު މީހެއްގެ މައްޗަށް ދައުވާ ކޮށްފައެވެ. އެއީ ލ. މާވަށު/އެވާރބްލޫ މުޙައްމަދު ވިސާމް އާއި، ލ. މާވަށު/އަސަރީގޭ މަންސޫރް ޔޫސުފް އާއި، ގދ.ގައްދޫ/ގުންޒަރު މުޙައްމަދު ސުފްޔާން ގެ އިތުރުން މއ. ސީނަރީވިއު އާތިފް ރަޝީދެވެ.

އެހަތަރު މީހުންގެ ތެރެއިން ކުށް ސާބިތުވެފައިވަނީ ވިސާމްގެ މައްޗަށް އެކަންޏެވެ. އޭނާ މަރަށް ކޯޓުން ހުކުމް ކުރި ނަމަވެސް، އަނެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވެސް ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.

އެހެންކަމުން އެތިން މީހުންގެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދުގެ އަޑުއެހުމުގައި މައްސަލަ ބެއްލެވި ފަނޑިޔާރުވަނީ އެމައްސަލަ ދިރާސާ ކުރެއްވިއިރު ސިއްރު ބައެއް ހެކިވެރިންގެ މައުލޫމާތު ދައުލަތުން ހާމަކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވެފައެވެ. ކޯޓުގެ ޚުލާސާ ބަޔާން ހުށަހެޅިއިރުވެސް ސިއްރު ހެކިވެރިންގެ މައުލޫމާތު ހާމަކުރެވިފައިވާކަން ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.

އެކަމުގެ ޒިންމާ ކޯޓުން ނުނަގާނެކަން ފާހަގަކޮށް ފަނޑިޔާރުންގެ ބެންޗުން ވަނީ ދެ ފަރާތުން ވެސް ސިއްރު ހެކިވެރިންގެ މައުލޫމާތު ހާމަނުވާނެހެން ވާހަކަ ދެއްކެވުމަށް އަންގަވާފައެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ގިނަ ކަންތައްތަކެއް ފާހަގަކޮށް، ތިން މީހުންގެ މައްޗަށް މައްސަލަ ސާބިތުނުވާ ކަމަށް ނިންމި ނިންމުން ބާތިލުކޮށް އަލުން އެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އެމީހުންގެ މައްޗަށް ވެސް އަދަބު ކަނޑައަޅައި ދެއްވުމަށް އެދިފައެވެ.

މިއަދު އޮންލައިން