ސުޕްރީމް ކޯޓުގެ ފަނޑިޔާރު ދީދީ ވަކިކުރުމުގެ މައްސަލަ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ދީދީ ވަކިކުރުމުގެ މައްސަލަ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައި މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ފޮނުވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ޖޭއެސްސީ އިން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވަނީ ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ފަނޑިޔާރު ޑީޑީ ވަޒީފާ އިން ވަކިކުރަން އެ ކޮމިޝަނުން ނިންމުމާ ގުޅިގެން އެކަން ތަންފީޒުކޮށް ދިނުމަށް އެދޭ ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިރޭގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ މިމައްސަލަ އިތުރަށް ދިރާސާ ކުރުމަށް ވަގުތުން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެވެ. 

މިއަދު އޮންލައިން