ލަންކާގެ ރައްޔިތުންނަށް ލިބޭ ކޮންމެ އުފަލަކީ ދިވެހިންނަށް ލިބޭ އުފަލެއް! ބޮޑުވަޒީރަށް މަރުޙަބާ ކިޔުމަކީ ލިބޭ ފަޚުރެއް!: ޢަލީ ޙުސައިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ލަންކާގެ ރައްޔިތުންނަށް ލިބޭ ކޮންމެ އުފަލަކީ ދިވެހިންނަށް ލިބޭ އުފަލެއް! ބޮޑުވަޒީރަށް މަރުޙަބާ ކިޔުމަކީ ލިބޭ ފަޚުރެއް!: ޢަލީ ޙުސައިން

އަވަށްޓެރި ސަރީލަންކާގެ ރައްޔިތުންނަށް ލިބޭ ކޮންމެ އުފަލަކީ ދިވެހިންނަށް ލިބޭ އުފަލެއް ކަމަށާއި އަދި ލިބޭ ކޮންމެ ހިތާމައަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް ލިބޭ ހިތާމައެއް ކަމަށްވުމުން ސްރީލަންކާގެ ބޮޑުވަޒީރު ރަނިލްވިކްރަމަސިންހައަށް މަރުޙަބާ ދެންނެވުމަކީ ޖުމްހޫރީ ޕާޓީއަށާއި އަދި އަމިއްލަފުޅު ހައިޞިއްޔަތުން ވެސް ލިބިވަޑައިގަންނަވާ ފަޚުރެއް ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. 

މަޖިލީހުގައި މިރޭ ޢަލީ ޙުސައިން ވިދާޅުވީ ދާދިފަހުން ސްރީލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން ރޮއި ހިތާމަ ނުކުރާ ދިވެހިރައްޔިތަކު ނެތް ކަމަށެވެ. އަދި ކަމެއް ދިމާވެއްޖެ ނަމަ އެހީތެރިކަމަށް އެދި މިރޭ ވެސް ފުރެން އޮތް ޤައުމަކީ ސްރީލަންކާ ކަމަށެވެ. 

ސްރީލަންކާއަކީ ޒަމާނުންސުރެ ރާއްޖެއާއި ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ޤައުމެކެވެ. އިނގިރޭސި ދައުލަތުގެ އިސްތިޢްމާރީ އަޅުވެތިކަމުން ރާއްޖެއަށް މިނިވަންކަން ލިބުމުގައިވެސް ސްރީލަންކާ، އެއިރުގެ ސިލޯނުން ވަނީ ވަރަށް ބޮޑަށް އެހީތެރިވެދީފައެވެ. އަދި ދިވެހި ދައުލަތަށް އެ ޤައުމަކުން ބިމެއް މިލްކުކޮށްދިން ފުރަތަމަ ޤައުމަކީވެސް ސްރީލަންކާއެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދައުވަތަކަށް ރާއްޖެއަށް ކުރައްވާ ޒިޔާރަތުގައި މަޖިލީހުގައި ތަގްރީރު ކުރައްވަވާނެ ކަމަށް ބެލެވެނީ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު ހެނދުނު 9.30 ގައި ކަމަށް ރިޔާސަތުން ވަނީ ވިދާޅުވެފައެވެ.

 

 

 

މިއަދު އޮންލައިން