ފިނޭންސް މިނިސްޓަރުގެ ނައިބުގެ މަގާމަށް، އިމާން މޫސާ ޢައްޔަނު ކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
ފިނޭންސް މިނިސްޓަރުގެ ނައިބުގެ މަގާމަށް، އިމާން މޫސާ ޢައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ފިނޭންސްގެ ނައިބުގެ މަޤާމަށް މާފަންނު ސެވެންސްޓާރ، އަޙްމަދު އިމާން މޫސާ މިއަދު ޢައްޔަނު ކުރައްވައިފިއެވެ.

މިނިސްޓަރ އޮފް ފިނޭންސްގެ ނައިބުގެ މަގާމަށް މިއަދު ޢައްޔަން ކުރެއްވި އަޙްމަދު އިމާން މޫސާ ވަނީ އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ކުއީންސްލޭންޑުން އިންޓަރނޭޝަނަލް އިކޮނޮމިކްސް އެންޑް ފައިނޭންސްގެ ދާއިރާއިން މާސްޓާރސް ޑިގްރީ ޙާޞިލުކުރައްވާފައެވެ.

އަޙްމަދު އިމާން މޫސާ އެންމެ ފަހުން އަދާކުރައްވާފައިވަނީ ސްކަލް ފިޝިންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމެވެ. މީގެ އިތުރުން އަޙްމަދު އިމާން މޫސާ ވަނީ ދިރާގާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިސް މަޤާމުތަކެއް ވެސް ފުރުއްވާފައެވެ.

މިއަދު އޮންލައިން