33 ވަނަ ކީރިތި ޤްރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި 1273 ބައިވެރިން ބައިވެރިވެފައިވާ ކަމަށާއި މިއީ ރެކޯޑް އަދަދެއް ކަމަށް ކީރިތި ޤްރުއާނާއިބެހޭ މަރުކަޒުން ބުނެފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެމުން މިއަދު ބުނީ މުބާރާތުގެ ހިތުން ކިޔެވުމުގެ ބައިގައި 628 ބައިވެރިން، ބަލައިގެން ކިޔެވުމުގައި 641 ބައިވެރިން އަދި ޙާފިޛުންގެ ބައިގައި 4 ޙާފިޛުން ބައިވެރިވެފައިވާ ކަމަށެވެ.
މިފަހަރުގެ މިބާރާތުގެ ހިތުން ކިޔުމުގެ ބައި ކުރިއަށް ގެންދާނީ އިސްލާމީ މަރުކަޒުގެ ހޯލުގައެވެ. ބަލައިގެން ކިޔުމުގެ ބައި ކުރިއަށް ގެންދާނީ އިސްލާމީ މަރުކަޒުގެ ހޯލުގައެވެ. މުބާރާތް ފޭށޭތާ 1 ދުވަސްފަހުން މުންނާރު ޗެނެލުން ބައިވެރިންގެ ކިޔެވުން ދައްކާނެއެވެ. އެހެންކަމުން މުބާރާތް 1 ސެޕްޓެމްބަރުގައި ފެށި ނަމަވެސް މުންނާރު ޗެނެލުން ދައްކަން ފަށާނީ 2 ވަނަ ދުވަހުއެވެ.
ކުރީ އަހަރުތަކަށްވުރެ މިއަހަރުގެ މުބާރާތުގެ އިންތިޒާމްތަކާއި ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.