ކީރިތި ޤްރުއާނުގެ ޢިލްމު ފުޅައުކުރުމަށް ގިނަ މަސައްކަތްތަކެއް ގެންދަނީ ކުރަމުން!: މަރުކަޒް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ކީރިތި ޤްރުއާނުގެ ޢިލްމު ފުޅައުކުރުމަށް ގިނަ މަސައްކަތްތަކެއް ގެންދަނީ ކުރަމުން!: މަރުކަޒް

ރާއްޖޭގައި ކީރިތި ޤްރުއާނުގެ ޢިލްމު ފުޅައުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ކީރިތި ޤްރުއާނާއިބެހޭ މަރުކަޒުން ބުނެފިއެވެ. 

އެ މަރުކަޒުން މިއަދު ބުނީ ކީރިތި ޤްރުއާން ކިޔަވަން ދަސްކޮށްދިނުމާއި ޙިފްޛް ކްލާސްތައް ވެސް މެދު ނުކެނޑި ކުރިއަށް ގެންދާ ކަމަށެވެ. އަދި ޤްރުއާން މުދައްރިސުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައްވެސް ހިނަގާނެ ކަމަށެވެ. 

ރާއްޖެތެރޭގައި ހުރި އެ މަރުކަޒުގެ ގޮފިތަކުގެ ޚިދުމަތް އިތުރަށް ފުޅައުކުރާނެ ކަމަށާއި އިތުރު ގޮފިތައް ހުޅުވާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި މިސަރުކާރުގެ އަމާޒަކީ ކީރިތި ޤްރުއާނުގެ ޢިލްމު އިތުރަށް ފުޅައުކޮށް ވީހައި ގިނަ ބައަކަށް އުނގަންނައިދިނުން ކަމަށްވެސް ބުނެފައިވެއެވެ. 

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވެފައި މިހައިތަނަށް އައިއިރުވެސް އެކަށީގެންވާ އަދަދަކަށް ޤްރުއާން ކިޔަވައިދޭނެ މުދައްރިސުން ނެތުމުގެ ދަތިކަން ސްކޫލްތަކުން އިޙްޞާޞްކުރަމުން ގެންދާތީ ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

 

މިއަދު އޮންލައިން