ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އެ ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިރޭގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
އަބްދުﷲ ދީދީ ފަނޑިޔާރުކަމުން ވަކިކުރުމާމެދު ގޮތް ނިންމުމަށް މިރޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނެކަން އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ އިއުލާން ކުރައްވައިފައެވެ.
ގާނޫނު އަސާސީ ބުނާގޮތުން ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ ތެރެއިން ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ.
މިމައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ފޮނުވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.