ވެރިކަން ހިންގުމުގެ ބާރާއި، ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ބާރުން ޢަމަލުކުރަންޖެހޭ ގޮތް ކަނޑައެޅުމަށް، ޝަރީޢަތުގެ އަޞްލަކާ ޚިލާފު ނުވާނެހެން ޤާނޫނުތައް ހެދުމުގެ ބާރުކަމުގައިވާ، މަޖްލީސް މެންބަރުންގެ ތަޢުލީމީ ފެންވަރެއް ޝަރުޠު ކުރެވިފައި ނެތުމުން ދޭހަކޮށްދެނީ ކޮންކަމެއް ހެއްޔެވެ؟ --ޝައިޚް އަހްމަދު ސަމީރު
ޝައިޚް އަޙްމަދު ސަމީރު މިފަދަ ސުވާލ؛ެއް ކުރިމަތިކުރައްވާފައިވާއިރު ވެރިކަން ހިންގުމުގެ ބާރާއި، ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ބާރުން ޢަމަލުކުރަންޖެހޭ ގޮތް ކަނޑައެޅުމަށް، ޝަރީޢަތުގެ އަޞްލަކާއި ޚިލާފު ނުވާނެހެން ޤާނޫނުތައް ހެދުމުގެ ބާރުކަމުގައިވާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިގައި ހުންނަންޖެހޭ އެއްވެސް ތައުލީމީ ފެންވަރެއް ކަނޑައަޅާފައެއް ނުވެއެވެ.
ނަތީޖާއެއްގެ ގޮތުން ނަބީބޭކަލުންނާއި ރަސޫލް ބޭކަލުންގެ ވާހަކަފުޅުތައް އެ މެންބަރަކު ބޭނުންވާ ގޮތަކަށް ދައްކައި ރާއްޖޭގައި އުފެދުނު އެންމެ ބޮޑެތި ދީނީ ޢިލްމުވެރިންގެ މަސައްކަތްޕުޅުތަކަށް މަޖިލީހުގައި ގެންދަނީ ފުރައްސާރަ ކުރަމުންނެވެ.
ކުރީ ދުވަހު މަޖިލީހުގައި ނަބީބޭކަލުންނާއި ބެހޭ އެއްވެސް ކަމެއް ނުހިނގާ ކަމަށް މެންބަރަކު ވިދާޅުވިއިރު އިއްޔެ ވަނީ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވި ބޮޑުތަރުތީބަށް ފުރައްސާރަކޮށްފައިކަން ފާހަގަކުރެވެއެވެ.
ވެރިކަން ހިންގުމުގެ ބާރާއި، ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ބާރުން ޢަމަލުކުރަންޖެހޭ ގޮތް ކަނޑައެޅުމަށް، ޝަރީޢަތުގެ އަޞްލަކާ ޚިލާފު ނުވާނެހެން ޤާނޫނުތައް ހެދުމުގެ ބާރުކަމުގައިވާ، މަޖްލީސް މެންބަރުންގެ ތަޢުލީމީ ފެންވަރެއް ޝަރުޠު ކުރެވިފައި ނެތުމުން ދޭހަކޮށްދެނީ ކޮންކަމެއް ހެއްޔެވެ؟ pic.twitter.com/yhWb5xOVnD
— Ahmed Sameer (@Ahmadhsameer) August 27, 2019