ރައީސުލްޖުމްހޫރިއްޔާ މާފަންނު މަދަރުސާގެ ކިޔަވާ ތުއްތު ކުދިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 56ސ
ރައީސުލްޖުމްހޫރިއްޔާ މާފަންނު މަދަރުސާގެ ކިޔަވާ ތުއްތު ކުދިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތުއްތު ކުދިންނަށް އުގަންނައިދިނުމަށް ޚާއްޞަކޮށްގެން ހިންގާ މާފަންނު މަދަރުސާއަށް މިއަދު ހެނދުނު ޒިޔާރަތްކުރައްވައި އެ ސްކޫލުގެ ތުއްތުކުދިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވައިފިއެވެ.

މާފަންނު މަދަރުސާގެ ދަޢުވަތަކަށް މިއަދު ހެނދުނު ރައީސް އެ ސްކޫލަށް ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ސްކޫލުގެ އެކި ކްލާސްތަކަށް ވަޑައިގެން އެކުދިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވައިފައެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މާފަންނު މަދަރުސާއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށްފަހު ސްކޫލުގެ ދަރިވަރުންގެ ފަރާތުން އެމަނިކުފާނަށް ހަނދާނީ ފިލައެއް އެރުވިއެވެ. ރައީސްއަށް މިފިލާ އެރުވީ އެ ސްކޫލުގެ ދަރިވަރުންނެވެ. ރައީސް މާފަންނު މަދަރުސާއަށް ކުރެއްވި މި ޒިޔާރަތުގައި ސްކޫލުގެ ދަރިވަރުންނާއެކު ހަނދާނީ ފޮޓޯ ނެންގެވިއެވެ.

ރައީސްއަށް މާފަންނު މަދަރުސާއަށް ޒިޔާރަތް ކުރެއްވި މި ދުވަސްކޮޅަކީ އެ ސްކޫލުގެ ތުއްތުކުދިންނަށް ޤައުމިއްޔަތާއިބެހޭ އެކިއެކި މައުލޫމާތު ހިމެނޭ ފިލާވަޅުތައް ނަގައިދެމުންދާ ދުވަސްވަރެކެވެ.

މިއަދު އޮންލައިން