ދީނުގެ ޙުކުމެއްގަ ހީނަރު ފަތުވާއެއް ނެރެ ފަތުރާނަމަ އެއީ ބޮޑު އޮޅުވާލުމެއް، ޢިލްމީ ޚިޔާނާތެއް!: ޝެއިޚް ޢަބްދުﷲ މުޙައްމަދު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 25ސ
ދީނުގެ ޙުކުމެއްގަ ހީނަރު ފަތުވާއެއް ނެރެ ފަތުރާނަމަ އެއީ ބޮޑު އޮޅުވާލުމެއް، ޢިލްމީ ޚިޔާނާތެއް!: ޝެއިޚް ޢަބްދުﷲ މުޙައްމަދު

ދީނުގެ ޙުކުމެއްގައި ހީނަރު ފަތުވާއެއް ނެރެ ފަތުރާނަމަ އެއީ ބޮޑު އޮޅުވާލުމެއް ކަމަށާއި އަދި އެއީ  ޢިލްމީ ޚިޔާނާތެއްކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް، ވިދާޅުވެއްޖެއެވެ. 

ޝައިޚް ޢަބްދުﷲ މުޙައްމަދު މިމޭރުމުން ވިދާޅުވެފައިވަނީ އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ނޫންކަމަށް އިސްލާމީ ފަތުވާ މަޖިލީހުގެ އިތުރުން ރާއްޖޭގެ އިތުބާރުހިފޭ ގިނަ ޢިލްމުވެރީންތަކެއް ވިދާޅުވަމުން ގެންދަވަނިކޮށް، އަންހެނުންނާއި ފަނޑިޔާރުކަން ކުރުމަކީ ހުއްދަކަމެއްކަމަށް ވިދާޅުވެ  ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކުރެއްވި ޓްވީޓަށް ރައްދުދެއްވަމުންނެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް، މައުމޫނަށް ޢިޝާރާތްކުރައްވައި މިއަދު ކުރެއްވި ދެ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދީނުގެ ޙުކުމެއްގައި އަހްލުއްސުންނަތު ވަލް ޖަމާޢަތުގެ ޢިލްމުވެރިންގެ އިއްތިފާޤު ފަތުވާއާއި އެކަހެރިކޮށް އޮތް ޝާޛު، ހީނަރު ފަތުވާއެއް ނެރެ ފަތުރައި، ވަރުގަދަކުރުމަށް މަސައްކަތްކުރައްވާނަމަ އެއީ ޢިލްމީގޮތުންއޮޅުވާލެވޭ ބޮޑު އޮޅުވާލުމެއްކަމަށާއި އަދި ޢިލްމީ ޚިޔާނާތެއްކަމަށެވެ.

ޢިލްމީ އަމާނާތްތެރިކަން ނެތި، ބައެއް ޢިލްމުވެރިންނަށް ނިސްބަތްކޮށް ޤަރްޟާވީ ލިޔުއްވާފައި އޮތް ލިޔުމަކުން ކުރެއްވި ނަކަލެއްނަމަ ތީގައި ވަރަށްބޮޑު އޮޅުން އެބަހުއްޓެވެ. ސަބަބަކީ ލިސްޓު އެ ކުރެއްވި ޢިލްމުވެރިންގެ ބަސްފުޅު އޮތީ އެހެނެއް ނޫނެވެ. އަދި ޠަބަރީގެ އަރިހުންވެސް ޘާބިތެއް ނުވެއެވެ. ތަޙުޤީޤު ކުރައްވާ! ނޫންނަމަ ދީނުގެ ޙުކުމެއްގައި އަހްލުއްސުންނަތު ވަލް ޖަމާޢަތުގެ ޢިލްމުވެރިންގެ އިއްތިފާޤު ފަތުވާއާއި އެކަހެރިކޮށް އޮތް ޝާޛު، ހީނަރު ފަތުވާއެއް ނެރެ ފަތުރައި، ވަރުގަދަކުރުމަށް މަސައްކަތްކުރައްވާނަމަ ތިޔައީ ޢިލްމީގޮތުން އޮޅުވާލެވޭ ބޮޑު އޮޅުވާލުމެކެވެ. ޢިލްމީ ޚިޔާނާތެކެވެ.“ ޝައިޚް ޢަބްދުﷲ ގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ

"ރައީސް މައުމޫން އޭނާގެ ދިގު ވެރިކަމުގައި އޭރުގެ ބައެއް ޢިލްމުވެރިން ހައްޔަރުކޮށް، ދީނަށް (ސުންނަތަށް) އުޅެން މަސައްކަތް ކުރެއްވި ގިނަ އަޚުންނާއި އުޚްތުންނަށް ބޮޑެތި އަނިޔާތަކެއް ފާޅުކަންބޮޑުގޮތެއްގައި ދީފައިވެއެވެ. އެގޮތުން ތުނބުޅި ލީ މީހުންނާއި މޫނު ބުރުގާ އެޅި މީހުން ހައްޔަރުކޮށް ޖަލުތަކުގައި ބޮޑެތި އަނިޔާތައް ދީފައިވާކަމަށް ގިނަ ބައަކު ތުހުމަތު ކުރައްވައެވެ.  އަދި މުޅި އުއްމަތް އެކަމަކަށް އިއްތިފާޤުވެފައިވާ މުސްލިމް އަންހެނުން ބުރުގާ އެޅުމުގެ ޙުކުމަށްވެސް އިންކާރުކޮށް ’އައްޑުވަސް‘ ނޫހަށް އިންޓަވިއު ދީފައިވާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. އޭގެ އިތުރުން ޤިޞާޞް ހިފުންފަދަ ބޮޑެތި މައްސަލަތަކަށްވެސް އިންކާރުކޮށްފައި ވެއެވެ." - ޖަމިއްޔަތުއް ސަލަފުގެ ބަޔާނުން.

 

ޚަބަރުގެ އަޞްލު:.

http://www.jamiyyathsalaf.com/2113/

 

 

 

 

މިއަދު އޮންލައިން