ހެޔޮ ނުބައި ކަނޑައަޅަންވީ ޤްރުއާން އާ ޙަދީޘްގެ ޢަލީގަ: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ހެޔޮ ނުބައި ކަނޑައަޅަންވީ ޤްރުއާން އާ ޙަދީޘްގެ ޢަލީގަ: ޝައިޚް ޢަލީ ޒައިދު

އިސްލާމް ދީން ހުއްދަ ނުކުރާ އެތައް ކަންތައްތަކެއް އެހެން ބައެއް ޤައުމުތަކުގައި ދަނީ ކުރަމުންނެވެ. ނައިޓް ކްލަބްތައް ވެސް ދަނީ ހިންގަމުންނެވެ. ޢާންމުކޮށް އެންމެންނަށް ބަނގުރާ ބޯން ލިބޭ ޕަބްތައްވެސް އެބަހުއްޓެވެ. ޖުވާ ކުޅޭ ތަންތަން ހަދައި ޖުވާ ވެސް ކުޅެއެވެ.

ސައިޒުގެ ގޮތުން ބަލައިފިނަމަ ދުނިޔޭގައި ހުރި އެންމެ ބޮޑު ނައިޓް ކްލަބް ހުރީ މިޞުރުގައެވެ. ސައުދީއަށް ގެންނަމުންދާ "އިޞްލާޙީ ބަދަލުތަކުގެ ތެރެއިން ދާދިފަހުން ވަނީ "ޙަލާލް" ނައިޓް ކްލަބެއްވެސް ހިންގައިފައެވެ. ޔޫއޭއީގެ 3 ޤައުމަށް ބަލައިފިނަމަ އެ ޤައުމުތަކުގައި ޢާންމުކޮށް ނުކުރާ ކަމެއް ނެތެވެ. ކުރުމުގެ ފުރުޞަތު ނެތް ކަމެއް ނެތެވެ.

މިކަންކަން ފާހަގަކުރައްވައި ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ހެޔޮ ނުބައި ކަނޑައަޅަން ޖެހޭނީ އެކަންކަން ކުރާ ޤައުމުތަކަށް ބަލައިގެން ނޫން ކަމަށެވެ. ކީރިތި ޤްރުއާނާއި ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުތަކަށް ބަލައިގެން ކަމަށެވެ. 

"އެހެން ބައެއް ޤައުމުތަކުގައި ކަމަށް ބުނާ މީހުން ބައްލަވާ! އެހެން ބައެއް ޤައުމުތަކުގައި ފައްޅި އާ، ނައިޓް ކްލަބްތައްވެސް އެބަހުރި. ޕަބްތައްވެސް އެބަހުރި. އޫރު ވެސް ގެންގުޅޭ. އަޅުގަނޑު ހަމަ ހައިރާންވެ އަނތަރީސްވެއްޖެ! ހެޔޮ ނުބައި ކަނޑައަޅަންވީ ޤްރުއާން އާ ޙަދީޘްގެ ޢަލީގަ. ބައަކު އުޅޭހައި ގޮތެއް ރަނގަޅުވަންޏާ ދެން ބުނާނީ ކީކޭ؟"

– ޝައިޚް ޢަލީ ޒައިދު

 

 

 

 

މިއަދު އޮންލައިން