ރޯވެ އަނދަމުންދާ އެމޭޒަން ޖަންގައްޔަކީ ދުނިޔޭގެ ހުރިހާ ރައްޔިތުން ނޭވާލުމަށް ބޭނުންކުރާ ފުއްޕާމޭ ކަމަށް ސިފަކުރައްވައި އެމޭޒަން ޖަންގަލި ހިމާޔަތްކުރުން ދުނިޔެ އެކުގައި ނުކުތުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ އާބާދީގެ 20 އިންސައްތަ މީހުން ނޭވާލުމަށް ބޭނުންކުރަނީ އެމޭޒަން ޖަނގަލީގެ ގަސްތަކުން ބޭރުކުރާ އޮކްސިޖަން ކަމަށެވެ. އަދި ޖައްވުގައި ހުންނަ ކާބަންޑައިއޮކްސައިޑް ޖައްވުން އެންމެ ގިނައިން ސާފުކޮށްދެނީ އެމޭޒަން ޖަންގަލީގެ ގަސްތައް ކަމަށެވެ.
"ރާއްޖެއަކީ ތިމާވެށީގެ ގޮތުން އެންމެ ނާޒުކު ހާލަތުގައި އޮތް ޤައުމުކަމަށްވުމުން އެމޭޒަން ޖަނަގަލި ޙިމާޔަތްކުރާ މަސައްކަތް އިތުރުކުރުމަށް ރާއްޖެއިން ގޮވާލަން." ރައީސް ޞާލިހް ވިދާޅުވެފައިވެއެވެ.
Greatly distressed by the fires ravaging the Amazon. The Amazon produces 20% of earth’s oxygen- it’s our planet’s lungs and one of the largest natural carbon traps. As a climate vulnerable nation, we Maldivians call upon the world to do more to protect the Amazon. #AmazonFires
— Ibrahim Mohamed Solih (@ibusolih) August 23, 2019