ރާއްޖެއަށް ބޭނުންވަނީ ރައީސްއާ ދައުލަތުގެ ގުނަވަންތަކުން ފަތުވާ ނުވަތަ ރައުޔު ހޯއްދަވަން ފަތުވާ ކޮމެޓީއެއް: ޝައިޚް ޝަފީޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ރާއްޖެއަށް ބޭނުންވަނީ ރައީސްއާ ދައުލަތުގެ ގުނަވަންތަކުން ފަތުވާ ނުވަތަ ރައުޔު ހޯއްދަވަން ފަތުވާ ކޮމެޓީއެއް: ޝައިޚް ޝަފީޢު

ދިވެހިރާއްޖެއަށް ބޭނުންވަނީ، ރައީސުލްޖުމްހޫރިއްޔާ އާއި ދައުލަތުގެ އެހެނިހެން ގުނަވަންތަކުން ފަތުވާ ނުވަތަ ރައުޔު ހޯއްދަވަން ފަތުވާ ކޮމެޓީއެކެވެ. އެކޮމެޓީގެ ކަމަކަށް ވާނީ، ދީނީ ގޮތުން ކަންކަން އޮތް ގޮތް ދިރާސާ ކުރުމަށްފަހު، އެކަމުގެ އެންމެ އެކަށީގެންވާ ރައުޔެއް ފާޅު ކުރެއްވުމެވެ. 

އޭރުން އެ ރައުޔަކީ، ދައުލަތުން ބަލައިގަންނަ ރައުޔަކަށްވެ، އަދި އެކަމުގައި ޢަމަލު ކުރައްވާ ރައުޔަކަށް ވާން ޖެހޭނެއެވެ. އަދި އެ ފަތުވާ ކޮމެޓީއަށް ބޭފުޅުން ހޮއްވުމަށް، އެކަށީގެންވާ އުސޫލެއްވެސް ކަނޑައެޅި ދާނެއެވެ. މިސާލަކަށް، ރާއްޖޭގައި ޢިލްމުވެރިންގެ ގޮތުގައި

ރަޖިސްޓްރީ ވެފައިވާ ޢިލްމުވެރިންގެ ވޯޓަކުން ހޮވާ ކޮމެޓީއަކަށްވެސް ހެދި ދާނެއެވެ. އަދި އެކޮމެޓީއަށް ކުރިމަތިލައްވާ ބޭފުޅުންގެ ވަކި ޚާއްޞަ ޝަރުތުތަކެއް ހުރުން ލާޒިމުވެސް ކުރެވިދާނެއެވެ.

މިއީ މުޅިން ޚިޔާލެވެ. މިއަށްވުރެ ރަނގަޅު ޚިޔާލުތައްވެސް ހުރެ ދާނެއެވެ.

- ޝައިޚް ޝަފީޢު ޢަބްދުﷲ

 

މިއަދު އޮންލައިން