އެއްވެސް މަރުޙަލާއެއްގަ އަންހެނުން ޤާޟީ ކަމަށް އިސްކުރުމަކީ ޝަރީޢަތާ ކަނޑައެޅިގެން ޚިލާފް ކަމެއް: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
އެއްވެސް މަރުޙަލާއެއްގަ އަންހެނުން ޤާޟީ ކަމަށް އިސްކުރުމަކީ ޝަރީޢަތާ ކަނޑައެޅިގެން ޚިލާފް ކަމެއް: ޝައިޚް ޢަލީ ޒައިދު

ޝަރުޢީ ކޯޓުތަކުގެ އެއްވެސް މަރުޙަލާއެއްގައި އަންހެނުން ޤާޟީ ކަމަށް އިސްކުރުމަކީ ޝަރީޢަތާ އިސްލާމީ ޝަރީޢަތުގެ އުޞޫލުތަކާއި، ހަމަތަކާއި ކަނޑައެޅިގެން ޚިލާފް ކަމެއް ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ. 

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ އިސްލާމީ ޤައުމެއްގެ އެންމެ އިސް ކޯޓަށް، ވަކިން ޚާޢްޞަކޮށް ޖިނާޢީ މައްސަލަތައް ބަލަން އަންހެން ކަނބަލުން ޤާޟީންގެ ގޮތުގައި ޢައްޔަނު ކުރުމަކީ، ޤްރުއާނާ ޙަދީޘް އާ ޚިލާފް ބޮޑު މުންކަރާތެއް ކަމަށެވެ. އަދި މިގޮތަށް ދުނިޔޭގެ އެންމެ ބޮޑެތި ޢިލްމުވެރިން ވަނީ ފަތުވާ ދެއްވާފައި ކަމަށެވެ. "ހެޔޮކަން ބޮޑީ ﷲގެ މަގެވެ." 

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރ، ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ އަކީ އަބަދުވެސް ޙައްޤު ބަސް ވިދާޅުވި ބޭފުޅެއް ކަމަށެވެ. އަދި ޑރ. ޢަބްދުލް މަޖީދުވެސް ވިދާޅުވެފައިވަނީ އަންހެނުންނަށް ޤާޟީޚަން ނުކުރެވޭނެ ކަމަށެވެ. 

ޑރ. ޢަބްދުލްމަޖީދު ވަނީ ޖިނާޢީ މައްސަލަތައް ބަލައި ޙުކުމް އިއްވުމަކީ އަންހެނުންނަށް ކުރެވޭނެ ކަމެއް ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.  

މަދަނީ މައްސަލަތަކާއި ޢާއިލީ މައްސަލަތައް ނޫން މައްސަލަތައް އަނހެން ފަނޑިޔާރުން ބަލައި ޙުކުމް އިއްވުމާއި ދެކޮޅަށް ދުނިޔޭގެ އެންމެ ބޮޑެތި ދީނީ ޢިލްމުވެރިން ގެންދަވަނީ ފަތުވާ ދެއްވަމުންނެވެ. 

މިއަދު އޮންލައިން