ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަޒްމިރަލްދާ އާއި ސުޖޫން އައްޔަން ކުރުމަށް ޖޭއެސްސީގެ ލަފަޔަކަށް ރައީސް އެދިއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 52ސ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަޒްމިރަލްދާ އާއި ސުޖޫން އައްޔަން ކުރުމަށް ޖޭއެސްސީގެ ލަފަޔަކަށް ރައީސް އެދިއްޖެ!

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަމ.ސީނާ، ޑރ.އަޒްމިރަލްދާ ޒާހިރު އަދި މ.ކޮކާހަނދުވަރު، އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމަށް ޖޭއެސްސީގެ ލަފަޔަކަށް ރައީސް އިބްރާޙިމް ސޯލިހު އެދިވަޑައިގެންފިއެވެ.

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ އަކީ އެ ކޯޓުގެ ބެންޗުގައި މިހާތަނަށް ފަނޑިޔާރު ކަން ކުރެއްވި ހަމައެކަނި އަންހެން ބޭފުޅާ އެވެ. ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ބާ ކައުންސިލްގެ މެމްބަރު އައިޝާ ޝުޖޫން މުހައްމަދަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި ދެ ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ.

ރައީސްސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގަައި ވިދާޅުވީ އެބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރުމާ މެދު ޖޭއެސްސީގެ ލަފަޔަކަށް އެދުނީ ގާނޫނު އަސާސީގެ 148ވަނަ މާއްދާގެ ހ ގެ ދަށުން ކަމަށެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރަން 19 ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ ގާނޫނު އިސްލާހު ކޮށްފައެވެ.

މިއަދު އޮންލައިން